ރާއްޖޭގެ ޚަބަރު ފުލުހުންނަށް ޚާއްޞަ ކައުންޓަރެއް އޭޑީކޭގައި ހުޅުވައިފި

ފުލުހުންނަށް ޚާއްޞަ ކައުންޓަރެއް އޭޑީކޭގައި ހުޅުވައިފި

ފުލުހުންނަށް ޚާއްޞަ ކައުންޓަރެއް އޭޑީކޭގައި ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ބޭސްފަރުވާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގެގޮތުން އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ޕޮލިސް މެޑިކަލް ކައުންޓަރެއް ހުޅުވައިފިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މި މެޑިކަލް ކައުންޓަރު ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢައްފާލުއެވެ.
ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދެއްކުމަށާއި ބޭސްނެގުމަށް ބޭނުންވާ ސްލިޕް މިހާތަނަށް ދޫކުރަމުން ދިޔައީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ ޕޮލިސް މެޑިކަލް ކައުންޓަރުންނެވެ.

ޕޮލިސް މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޒްނީން އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފުލުހުންގެ މެޑިކަލް ކައުންޓަރެއް ހުޅުވުމުން ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ޕޮލިސް މެޑިކަލް ކައުންޓަރު ހުންނަނީ އެ ހޮސްޕިޓަލަށް ވަދެގެންދާއިރު ރެސްޓޯރެންޓް ކައިރީގައެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ޕޮލިސް މެޑިކަލް ކައުންޓަރެއް ހުޅުވިގެން ދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެޑިކަލް ޑިޕާޓްމަންޓާއި އެހޮސްޕިޓަލާއެކު ކުރެވުނު މަޝްވަރާ ތަކަކަށް ފަހު ކަމަށާއި، މި ފަދަ ޚިދުމަތެއް ލިބުމުގެ މަގު ތަނަވަސް ވެގެން ދިޔައީތީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޝުކުރު އަދާކުރާ ކަމަށް ފުލުސް އޮފީހުން ވިދާޅުވެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.