ރާއްޖޭގެ ޚަބަރު އެމްއެންޑީއެފުން އެސްޓީއޯގެ ސެކިއުރިޓީ ގާޑުން ހޭލުންތެރި ކޮށްދީފި

އެމްއެންޑީއެފުން އެސްޓީއޯގެ ސެކިއުރިޓީ ގާޑުން ހޭލުންތެރި ކޮށްދީފި

އެމްއެންޑީއެފުން އެސްޓީއޯގެ ސެކިއުރިޓީ ގާޑުން ހޭލުންތެރި ކޮށްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް މާލެ އޭރިއާއިން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސެކިއުރިޓީ ގާޑުންނަށް ހިންގި ސެކިއުރިޓީ އެވެއަރނެސް ޕްރޮގްރާމް ނިމިއްޖެއެވެ.

މިޕްރޮގްރާމް ނިންމުމުގެ ގޮތުން ކ.ފުނަދޫގައި ހުންނަ އެސްޓީއޯގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާގެ އޮޕަރޭޝަންސް އޮފިސަރ ކެޕްޓަން ޙުސަޢިން ރިޔާޒެވެ.

އެމްއެންޑީއެފް މާލެ އޭރިއާ އާއި އެސްޓީއޯ ގުޅިގެން ހިންގި ސެކިއުރިޓީ އެވެއަރނެސް ޕްރޮގްރާމަކީ ސެކިއުރިޓީ ގާޑުން މިހާރަށްވުރެ ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ހިންގުނު ޕްރޮގްރާމެއް ކަމަށް ސިފައިން ވަނީ ހާމަ ކުރައްވާފައެވެ.

މިމަހު 6 ން 9 ވަނަ ދުވަހުގެ ނިޔަލަށް ކ.ފުނަދޫގައި ހިންގި މި ޕްރޮގްރާމުގައި ސެކިއުރިޓީ ގާޑުންގެ ބޭނުމާއި އެމީހުންގެ މުހިއްމުކަން ކިޔަވައިދެވި އެމީހުންގެ ވަޒީފާގައި ހަރަކާތްތެރި ވާއިރު ވިސްނަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައި ވާއިރު، ޑިއުޓީގައި އުޅޭ ވަގުތު ސެކިއުރިޓީ ގާޑަކަށް ހަމަލާއެއް އައިސްފިނަމަ އެފަދަ ހާދިސާތަކުގައި ޢަމަލު ކުރާނެ ގޮތްތައް ދަސްކޮށްދެވިފައި ވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.