ރާއްޖޭގެ ޚަބަރު ސިއްޙަތާއި ބެހޭ ވަޒީރަކަށް ވެސް ރައީސް ޔާމީން ؟

ސިއްޙަތާއި ބެހޭ ވަޒީރަކަށް ވެސް ރައީސް ޔާމީން ؟

ސިއްޙަތާއި ބެހޭ ވަޒީރަކަށް ވެސް ރައީސް ޔާމީން ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސިއްޙަތާއި ބެހޭ ވުޒާރާއަށް ވަޒީރަކު ޢައްޔަނު ކުރެވެންދެން އެ ވުޒާރާ ބަލަހައްޓަވަމުން ގެންދަވާނީ ސީދާ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ޕީޕީއެމްގެ ޖަގަހައެއް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ދާއިރާގައި ބޮޑެތި މައްސަލަ ތަކެއް ހުރިކަން ފާހަގަ ކުރެއްވޭ ކަމަށާއި، މި ދާއިރާގައި ހުރި ބޮޑެތި މައްސަލަތަށް ހައްލުކުރައްވަން އަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އަމިއްލަފުޅަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ މައްސަލަތައް އަދާއި ހަމައަށްވެސް ޙައްލުވެފައި ނުވާތީ ރައްޔިތުން ވެސް އެންމެ ބޮޑަށް އިނގިލި ދިއްކުރަނީ އޭރަކު ހުންނަ ރައީސަކަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްޙީ ދާއިރާގެ މައްސަލަތައް ހައްލު ކުރެއްވުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސިއްހަތާއި ބެހޭ ވުޒާރާ އަށް ވަޒީރަކު ޢައްޔަނު ކުރެވެންދެން އެ ވުޒާރާ ހިންގަވަން އެމަނިކުފާނު ނިންމެވީ ތަފާތު އެކި ވަޒީރުނާއި ހަވާލުކޮށްގެން ވެސް އެ ދާއިރާގެ މައްސަލަތައް ޙައްލު ކުރުމުގައި ތަފާތު ދަތިތަކާއި ކުރިމަތި ވަމުން އަންނާތީ ކަމަށެވެ.

މިދިޔަ މަހުގެ އެގާރަ ވަނަ ދުވަހުން ފެށިގެން ސިއްޙީ ވުޒާރާ ހިންގެވުން ވަގުތީގޮތުން ޙަވާލު ކުރައްވާފައިވާ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ވަރަށް ހީވާގި ކަމާއި އެކު އެމަނިކުފާނު ވިދާޅުވާ ގޮތަށް ނާޒިމް ހެލްތުމިނިސްޓްރީވެސް ހިންގަވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ފާއިތުވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ ސިއްޙީ ދާއިރާގައި ހުރި ބޮޑެތި ގިނަ މައްސަލަ ތަކެއް ވަގުތީގޮތުން ޙައްލު ކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ރަށްރަށަށް ބޭހާއި ކަމާއިގުޅޭ އާލާތާއި، މެޝިނަރީޒް ފޮނުއްވުމާއި ސިފައިންގެ ހަސްފަތާލު ސެނަހިޔައިން ޢާއްމުންގެ އެކްސްރޭނަގައި ޓެސްޓްތައް ހެއްދޭ ގޮތަށް ހަމަޖައްސަވައި ދެއްވުން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.