ރާއްޖޭގެ ޚަބަރު ޙައްޖުވެރިން ފުރުވުމުގައި ސިފައިންގެ އެހީތެރިކަން ދޭން ފަށައިފި

ޙައްޖުވެރިން ފުރުވުމުގައި ސިފައިންގެ އެހީތެރިކަން ދޭން ފަށައިފި

ޙައްޖުވެރިން ފުރުވުމުގައި ސިފައިންގެ އެހީތެރިކަން ދޭން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

މިގޮތުން ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެމްއެންޑީއެފުން ޖުމްހޫރީ މައިދާން ތައްޔާރުކޮށް ފުރަން އަންނަ ޙައްޖާޖީންނަށް އެތަނުގައި އިށީނދެ ތިބެވޭނެ އިންތިޒާމް ވެސް ސިފައިން ވަނީ ހަމަޖައްސައިދީފައެވެ.

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

އަދި ޙައްޖުވެރިން ފުރުވާލުމުގައި އެހީތެރިވެ ދިނުމާއި ދޯނިތަކަށް އެރުވުމުގައި ޙައްޖަށް މީހުން ގެންދާ ޖަމާޢަތްތަކަށް ވެސް ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ދާ ފަރާތްތަކުން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 08،11،12،14،15 އަދި 16 ވަނަ ދުވަހު އެވެ.

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެނީ

ޙައްޖުވެރިން ފުރުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ޖުމްހޫރީ މައިދާން ސަރަޙައްދުގެ މަގު ބަންދުކޮށް ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ފުލުހުންނެވެ. އަދި އެދުވަހަކު ފުރުމަށް ހަމަޖެހިފައިވާ ކޮންމެ ޙައްޖާޖީއަކާއިއެކު އިތުރު ދެމީހުން އެމްޓީސީސީ ފެރީގައި ހުޅުލެއަށް ގެންގޮސްދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.