ހައުސިންގ މިނިސްޓަރު ޑރ މުޙައްމަދު މުޢިއްޒު ލ. ގަން ތުނޑީ ކޯޓަށް މާދަމާ ޙާޒިރު ކުރުމަށް ނިންމައި އެ ކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ގަން ތުނޑީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ހެނދުނުގެ ދެ ގަޑިއެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލީހަށް ހައުސިންގ މިނިސްޓަރު ޙާޒިރު ކުރެއްވުމަށް ކޯޓުން ނެރުނު އަމުރު އެފަރާތަށް މިހާރު ރައްދު ކޮށްފައި ވާކަމަށާާއި، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މާދަމާ ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވާކަމަށެވެ.
ގަން ތުނޑީ ކޯޓުގެ އޮފިޝަލް ވިދާޅުވީ، އެ ކޯޓަށް ހައުސިން މިނިސްޓަރު ހާޒިރު ކުރައްވަނީ ސުނާމީ ގައި ހާލުގައި ޖެހުނު ކަޅައިދޫ އާއި މުންޑޫގެ މީހުންނަށް އަޅައިދިން ބައެއް ގެތައް ދޫކުރި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ޢާއްމު ފަރާތަކުން ހުށަހަޅާފައިވާ ދެ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...