ރާއްޖޭގެ ޚަބަރު އެންޓި ކޮރަޕްޝަނުގެ މެންބަރުން ހުވާކުރެއްވުމުން ފަތްކޮޅު އަރުއްވައިފި

އެންޓި ކޮރަޕްޝަނުގެ މެންބަރުން ހުވާކުރެއްވުމުން ފަތްކޮޅު އަރުއްވައިފި

އެންޓި ކޮރަޕްޝަނުގެ މެންބަރުން ހުވާކުރެއްވުމުން ފަތްކޮޅު އަރުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްްބަރު ކަމަށް ފަސް ބޭފުޅުން އައްޔަން ކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ރައީސް އައްޔަންް ކުރެއްވި ފަސް ބޭފުޅުންނަކީ ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދުގެ އިތުރުން ނިމިދިޔަ ދައުރުގައި އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ އެ ފަސް ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.