ރާއްޖޭގެ ޚަބަރު ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން މިދިޔަ ހަފްތާގައި 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން މިދިޔަ ހަފްތާގައި 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން މިދިޔަ ހަފްތާގައި 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިދިޔަ ހަފްތާގައި އެކަނިވެސް 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.

ފުލުސް އޮފީހުން ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤަނޫނާއި ޤަވާއިދާ ޚިލާފުވެގެން 1900 އަށް ގިނަ މީހުން މިދިޔަ ހަފްތާގައި ޖޫރިމަނާ ކޮށްފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު ތަންފީޒުކޮށް އަމާން ރައްކާތެރި މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 31 ން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 1927 މީހަކު ޖޫރިމަނާކޮށްފައިވާއިރު ޖޫރިމަނާކުރެވުނު މި މީހުންގެ ތެރޭގައި ހިމެނެނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަނޫނާއި އެޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ، ދުންފަތުގެ އިސްޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަނުން ޖޫރިމަނާ ކުރެވިފައިވާ މީހުންނެވެ.

ދުންފަތުގެ އިސްޢުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ސިނަމާތަކާއި ޖަލްކުރާ މާލަމްތަކާއި މިސްކިތްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ދަރުބިއްޔަތުދޭ ތަންތަނާއި އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި އެތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި އެތަންތަނުގެ ގޯއްޗާއި ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަށް ޚިދުމަތްދޭ ތަންތަން ހިމެނެއެވެ. އަދި ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި ކުޅިވަރުކުޅޭ މަރުކަޒުތަކާއި ކޯޓުތަކާއި ދަނޑުތަކާއި ސެޓޭޑިއަމްތަކުގެ އިތުރުން މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކާއި ރިހިބިލިޓޭޝަން ސެންޓަރުތަކާއި އެތަނެއްގައި އޮންނަ ހާމަ ބިންތަކާއި ކުޑަކުދިންގެ ޕާކުތަކާއި އެކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަަން ހިމެނެއެވެ.

މީގެއިތުރުންެވެސް ފެރީ އުޅަނދުތަކާއި ފެރީޓާމިނަލްތަކާއި ދަތުރުފަތުރު ކުރުމުގައި ފަސިންޖަރުން އުފުލުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ކޮންމެ އުޅަނދަކާއި ސައިހޮޓާ ރެސްޓޯރެންޓް އަދި މީނޫންވެސް ކެއިންބުއިމުގެ ޚދުމަތްދެ ތަންތަނުގެ ތެރެއިން އެއަރ ކޮންޑިޝަން ކޮށްފައިވާ ތަންތަނާއި އެއަރ ކޮންޑިޝަން ކޮށްފައިނުވާ ހޮޓާ ރެސްޓޯރަންޓް ކެފޭގެ އަދި މިނޫނަސް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަން ފިޔަވައި އެހެނިހެން ތަންތަނާއި ތަކެތި ނުވަތަ ޚިދުމަތް ލިބިގަތުމަށް އެތަނަކަށް އާންމުކޮށް މީހުން ވަންނަންޖެހޭ ނުވަތަ ކިއު ހަދައިގެން ނުވަތަ އެހެންގޮތަކަށްވިއަސް މަޑުކޮށްގެން ތިބެންޖެހޭ ތަންތަނާއި އާންމުކޮށް ހުޅުވާލެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނަކާމެކެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤަނޫނާއި ދުންފަތުގެ އިސްޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދުގައި މަނާކަމަށް ކަނޑައަޅާފައިވާ އާންމުތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ އެކަމެއް ކުރާ މީހަކު 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެނިހެން ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރަމުންދާނަމަ އެތަނެއް ވެރިފަރާތް 1000 ރުފިޔާއަށް ޖޫރިމަނާކުރެވޭނެއެވެ. މީގެއިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާތަނެއްގައި އެކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާނަމަ އެތަނެއްގެ ވެރިފަރާތް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.