ރާއްޖޭގެ ޚަބަރު އައްޑޫސިޓީގެ ކޮންމެ ޢާއިލާ އަކަށް ދީނީ ޢިލްމުވެރިއެއް !

އައްޑޫސިޓީގެ ކޮންމެ ޢާއިލާ އަކަށް ދީނީ ޢިލްމުވެރިއެއް !

އައްޑޫސިޓީގެ ކޮންމެ ޢާއިލާ އަކަށް ދީނީ ޢިލްމުވެރިއެއް !

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫސީޓީގެ ކޮންމެ ޢާއިލާ އަކަށް ދީނީ ޢިލްމުވެރިއަކު ހަމަޖައްސައި ދިނުމުގެ މަސައްކަތް ރާއްޖޭގެ އަމިއްލަ ޖަމިއްޔާ އަކުން ފަށައިފި އެވެ.

ނޫރުލް އިސްލާމުން އިސް ނަގައިގެން ހިންގާ މި ޕްރޮގްރާމުގެ ދަށުން އެކަމަށް އެދޭ ކޮންމެ ޢާއިލާ އަކަށް ޚާއްޞަ ދީނީ ޢިލްމުވެރިއަކު ހަމަޖައްސައި ދޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ހަމަޖައްސަވައި ދެއްވާ ދީނީ ޢިލްމުވެރިން ދީނީ ނަސޭޙަތް ދެއްވުމަށް އެ ޢާއިލާއެއް ދިރިއުޅޭ ތަނަކަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ނޫރުލް އިސްލާމުން ވަނީ ބުނެފައެވެ.

އަމިއްލަ ނަފުސާއި އަހުލުން ނަރަކައިން ސަލާމަތް ކުރުމުގައި ޢާއިލާ އަށް އެހީތެރި ވެދެއްވާނެ ޚާއްޞަ ދީނީ ޢިލްމުވެރިއަކު ހަމަޖައްސަވަން ބޭނުންފުޅުވާ ޢާއިލާ ތަކުން 7676446 އަށް ނުވަތަ 9162668 ނަންބަރު ފޯނަށް ގުޅުއްވައިގެން އެކަން ހަމަޖެއްސެވުމަށް ނޫރުލް އިސްލާމުން ވަނީ އިލްތިމާސް ކޮށްފައެވެ.

ނޫރުލް އިސްލާމް ޖަމިއްޔާއިން ބުނީ މިވަގުތު ހަމައެކަނި އައްޑޫ ސިޓީގައި މި ޚިދުމަތް ދިން ނަމަވެސް މުސްތަޤުބަލުގައި މިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެހެން ކަމުން މިއީ އަމިއްލަ ނަފްސާއި ތިމާގެ ޢާއިލާ އަށް ކުރިމަތި ވެފައިވާ ދީނީ އަދި ރޫހާނީ މައްސަލަ ތަކަށް ޙައްލު ހޯދުމަށް ދިވެހިންނަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އަދި މިއީ މިފަދަ ކަމެއް ދިވެހި ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.