ސަރުކާރު ކޯލިޝަނުގެ ބައިވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކޮށް ކޯލިޝަނާއި އެކު ކުރިޔަށް ދިޔުމަށް ޕީޕީއެމުން ތައްޔާރަށް އޮތް ކަމަށް އެޕާޓީން ބުނެފިއެވެ.
ސަމާއޮ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ އަމާޒަކީ އަބަދުވެސް ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށް ކޯލިޝަން ހަދައި ކުރިޔަށް ދިއުން ކަމަށެވެ.
އެހެން ކަމުން ފުރުޞަތު ލިބިވަޑައިގެންފި ނަމަ ވީ އެންމެ އަވަހަކަށް ޖުމްހޫރީ ޕާޓީއާއިއެކު ވެސް މަޝްވަރާ ކުރެއްވުމަށް ޕީޕީއެމާއި އެމަނިކުފާނުވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ މަސައްކަތާއި ތާއީދާއި އެކު ވެރިކަމަށް އައުމާއި އެކު ޕީޕީއެމުން ވަނީ އެ ޕާޓީ އާއި އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން އުވާލައި ޖުމްހޫރީ ޕާޓީ ކޯލިޝަނުން ބޭރުކޮށްފައެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ޖޭޕީއާއި މެދު ކަންކޮށްފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ.
މީގެ އިތުރުން އެއްވެސް ޝަރުޠަކާއި ނުލާ ޕީޕީއެމް ވެރިކަމަށް ގެނައުމަށް ތާއީދުކޮށް މަސައްކަތް ކޮށްފައި ވާތީ ޕީޕީއެމް ސަރުކާރު ކޯލިޝަނުން ޢަދާލަތު ޕާޓީއަށް ވެސް ފުރުޞަތު ނުދީ އެ ޕާޓީވެސް ވަނީ ވެރިކަން ލިބުމާއި އެކު ކޯލިޝަނުން ބޭރުކޮށްލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...