އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކު މަރުވެއްޖެއެވެ.
ފުލުސް އޮފީހުން ވިދާޅުވީ އިއްޔެ ހަވީރު 1745 ހާއިރު އައްޑޫ ސިޓީގެ، ހިތަދޫ ކެމްޕަހާ ދިމާލުން ލިންކް ރޯޑްގައި ސައިކަލަކާއި ޕިކަޕެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެފައިވަނީ ސައިކަލުގައި ތިބި ސ. ހިތަދޫ، ރާޙަތުއްޞަބާޙް، ޙުސައިން ޖުމާން ޢަލީ (18އ) އާއި ސ. ހިތަދޫ، އަސްރާމަންޒިލް، އިބްރާހީމް އަސްވަދު (27އ) ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތަދޫ ލިންކް ރޯޑުން ހިތަދޫން ގަމާވީކޮޅަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކާއި ގަމުން ހިތަދޫއާވީކޮޅަށް ދުއްވާފައި އައި ޕިކަޕެއް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓް ހިނގި އިރު ޕިކަޕް ދުއްވަން އިން 60 އަހަރުގެ ދިވެހި ފިރިހެންމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އެކްސިޑެންޓްގެ މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...