ރާއްޖޭގެ ޚަބަރު މިދިޔަ ހަފްތާގައިވެސް 3500 އަށްވުރެ އުޅަނދު ގިނަ ފާސްކޮށް ގިނަބަޔަކު ޖޫރިމަނާ ކޮށްފި

މިދިޔަ ހަފްތާގައިވެސް 3500 އަށްވުރެ އުޅަނދު ގިނަ ފާސްކޮށް ގިނަބަޔަކު ޖޫރިމަނާ ކޮށްފި

މިދިޔަ ހަފްތާގައިވެސް 3500 އަށްވުރެ އުޅަނދު ގިނަ ފާސްކޮށް ގިނަބަޔަކު ޖޫރިމަނާ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހަފްތާގައިވެސް 3500 އަށްވުރެ ގިނަ ފާސްކޮށް ގިނަބަޔަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި 18 ތަނެއްގައި ސްޓެޓިކްކޮށް ޑިއުޓީކޮށް އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ތެރެއިން 3586 އުޅަނދެއް ހިފަހައްޓައި، އެ އުޅަނދުތައް ހުރީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އިމުގެ ތެރެއިންތޯ ވަނީ ބަލާ ފާސްކޮށްފައި ވާކަމަށެވެ. އަދި އަމާން ރައްކާތެރި މުޖުތަމައެއް ޤާއިމްކޮށްދިނުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ 88 މީހަކަށްވަނީ މަގުމަތިން ނަސޭޙަތް ދެވިފައެވެ.

މާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އަހަރީ ފީ ސްޓިކާ ނެތި ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ދުއްވި 48 ފަރާތަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައިވާއިރު ރޯޑުވަދިނަސް ނެތި ނުވަތަ މުއްދަތު ހަމަވެފައިވާ ރޯޑުވާދިނަސް އާއި ތާރޑް ޕާރޓީ އިންޝުއަރެންސް ނެތި އުޅަނދު ދުއްވި 83 ފަރާތަކާއި ދޭތެރޭގައި ފިޔަވަޅުއަޅާފައިވެއެވެ. އަދި އެއްގޮތަކަށްވެސް ލައިސަންސް ނެތި ވެހިކަލް ދުއްވި 279 މީހަކާ ދޭތެރޭވަނީ ފިޔަވަޅު އަޅާފައެވެ.

މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ލައިސަންސް ހިފާއްޓާފައި ވަނިކޮށް ނުވަތަ އަތުގައި ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން 202 ފަރާތަކާއި ދޭތެރޭގައި ފާއިތުވި ހަފްތާގައި ފިޔަވަޅުއަޅާފައިވާއިރު މުއްދަތު ހަމަވެފައިވާ ލައިސަންސް އާނުކޮށް ދުއްވި 13 ފަރާތަކާއިމެދުވެސް ފިޔަވަޅު އެޅާފައިވެއެވެ.

މީގެ އިތުރުން މަގުމަތީގެ ޤާވާއިދުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ 689 ފަރާތަކަށް ޖޫރިމަނާ ސްލިޕް ދީފައިވާއިރު، ޤަވާއިދާ ޚިލާފަށް ވެހިކަލް ޕާރކް ކޮށްފައިވާ 1430 ވެހިކަލެއްގައިވަނީ ޤަވާއިދާ ޚިލާފަށް ޕާރކް ކޮށްގެން ޖަހާ ސްޓިކާ ޖަހާފައެވެ. އަދި އެއްގަމު އުޅަނދު ދުއްވަމުން މުޢާސަލާތު ކުރި 28 ފަރާތަކާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާއިރު ޓްރެފިކް ނިޝާންތަކާއި ޤާވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާ 17 ފަރާތަކާ ދޭތެރޭ ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ވަނީ ފިޔަވަޅު އަޅާފައެވެ.

މި މަސައްކަތް ތަކަކީ ފުލުހުންގެ ބިޒްނަސް ޕްލޭންގެ ދަށުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށް މަދުކުރުމަށާއި، ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ލަނޑުލަނޑި ހާސިލް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެަމުންދާ މަސައްކަތްތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.