ޕީސް ފައުންޑޭޝަނުން އިސް ނަގައިގެން ބައިބައިވެ ނުގަންނާށެވެ! މި ނަމުގައި މިރޭ ވިލިމާލޭ ބޯޅަ ދަނޑުގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަން އިންތިޒާމް ކުރާ ޕީސް ފައުންޑޭޝަނުން ވިދާޅުވީ މި ދަރުސް ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމް ބިން އިބުރާހީމް ކަމަށެވެ.
މި ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 2045 ގައި ވިލިމާލޭ ބޯޅަދަނޑުގައެވެ.
އެހެން ކަމުން ވީހާވެސް ގިނަ އަޚުންނާއި އުޚުތުން މި ދަރުސް އަޑު އެއްސެވުމަށް ވިލިމާލޭ ބޯޅަދަނޑަށް ޙާޒިރު ވުމަށް ޕީސް ފައުންޑޭޝަނުން ވަނީ ދަޢުވަތު އަރުވާފައެވެ.
ޕީސްފައުންޑޭޝަނުން ގެންދަނީ މުޖުތަމަޢުގައި ފެރުރެމުންދާ އިޖުތިމާޢީ ބަލިމަޑުކަން ޙައްލު ކުރެއްވުމަށް މިފަދަ ތަފާތު ދަރުސްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިންތިޒާމް ކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...