ރޯޔަލް ބަޙްރޭން ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންނަށް ގިނަ ޢަދަދެއްގެ މުޞްޙަފް (ޚަތިމް) ތަކަކާއި އިތުރު ފޮތްތަކެއް ހަދިޔާކޮށްފިއެވެ.
މިދިޔަ މަހު 17 ވަނަދުވަހު ބަޙްރޭން ޕޮލިސް އިން ފުލުހުންނަށް ހަދިޔާކުރި މި ފޮތްތަކުގެ ތެރޭގައި ފުލުުހުންނާ ގުޅުންހުރި ފޮތްތަކަކާއި އިސްލާމް ދީނާ ގުޅޭ 6000 ހާ ފޮތް ހިމެނެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ މުޞްޙަފް ހިމެނެއެވެ.
ބަޙްރެއިން ޕޮލިސްގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި ފޮތްތަކުގެ ތެރެއިން ފުލުންހެ ތަމްރީނު ތަކުގައި ބޭނުންކުރެވެން ހުރި ފޮތްތައް ނެގުމަށްފަހު ހުންނަ ފޮތްތައް ކަމާ ގުޅުންހުރި ތަޢުލީމީ މަރުކަޒުތަކަށް ހަދިޔާކުރަން ވަނީ ހަމަޖެހިފައެވެ.
ރޯޔަލް ބަޙްރެއިން ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ތަރައްޤީ އަށާއި ފުލުހުންގެ ޢިލްމީ ޤާބިލަކްނަ އިތުރުކުރުމަށް ފަހަކަށް އައިސް ދަނީ ގިނަގުނަ އެހީތެރިކްނަ ފޯރުކޮށްދެމުންނެވެ. މިގޮތުން ދިވެހި ފުލުހުންނަށް ކޮންމެ އަހަރަކު ހިލޭ ބައިވެރިވެވޭގޮތަށް ފުރަތަމަ ޑިގްރީގެ ފުރުޞަތުތައް ދިނުމާއި ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ ފުރުޞަތު ދެމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...