ރާއްޖޭގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ، "ބޯޑް އޮފް އިންވެސްޓްމަންޓްސް" އުފައްދަވައި ހިންގެވުން އަދީބާއި ޙަވާލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، "ބޯޑް އޮފް އިންވެސްޓްމަންޓްސް" އުފައްދަވައި ހިންގެވުން އަދީބާއި ޙަވާލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، "ބޯޑް އޮފް އިންވެސްޓްމަންޓްސް" އުފައްދަވައި ހިންގެވުން އަދީބާއި ޙަވާލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ، "ބޯޑް އޮފް އިންވެސްޓްމަންޓްސް" އުފައްދަވައި 5 ވަޒީރަކާއި ޙަވާލުކުރައްވައިފިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ބޯޑް އޮފް އިންވެސްޓްމަންޓްސް" އެކުލަވާލައްވައި މިބޯޑުގެ ޗެއަމަންކަމަށް ރައީސް ޔާމީން ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.

އަދި މި ބޯޑުގެ ވައިސް ޗެއަރމަން ކަމަށް ހަމަޖައްސަވާފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.

މި ދެބޭފުޅުންގެ އިތުރުން ދެން މި ބޯޑުގައި ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ އާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު މަލީޙު ޖަމާލެވެ.

އަދި، މިޤާނޫނުގެ 56 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޯޑު ޖަވާބުދާރީވާ މިނިސްޓަރުގެ ގޮތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެގޮތުން ބޯޑުގެ ސެކްރެޓޭރިއެޓް ގާއިމް ކުރާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓާ ގުޅިގެން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.