އިސްލާމްއާބާދު – ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ދެ ލީޑަރުންކަމުގައިވާ ޢިމްރާން ހާންއާއި ޠާހިރުލްޤާދިރީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ނިންމާފައިވާ ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.
ޢިމްރާންއާއި ޤާދިރީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިހާރު ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ސަރުކާރުގެ އޮފީސްތަކާއި އިމާރާރްތައް ވަށާލައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ޢާއްމުންނަށާއި ސަރުކާރުގެ އޮފީސްތަކަށް ގެއްލުން ދެމުންދާތީ ކަމަށ ބުނެއެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނަމުން ގެންދަނީ މުޒާހަރާ ކުރާ ފަރާތްތަކުން މުޒާހަރާ ކުރުން މަނާ ރެޑު ސަރަހައްދަށް ވަދެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މުޒާހަރާތައް ކަވަރު ކުރަމުންދާ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިންދަނީ ފުލުހުން ފޯރި މަރަމުންދާ ސަރަހައްދުތަކަށް ގަލާއި ޕެޓުރޯލް ބޮން އުކަމުންނެވެ. މިހާދިސާތަކުގައި ފުލުހުންނަށްވެސް ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްޓާނުގެ އުއްތަމަ ފަނޑިޔާރު ނިންމާފައިވަނީ ޤައުމުގެ ސިޔާސީ ހަމނުޖެހުންތައް އިތުރުވެ ހޫނުވެފައިވުމުގެ ސަބަބުން ހުރިހާފަނޑިޔާރުންގެ ޗުއްޓި ކެންސަލުކޮށްފައެވެ.
އިއްޔެ މުޒާހަރާގެ ބައިވެރިންވަނީ ސަރުކާރުގެ އިމާރާތްތަކާއި ވުޒާރާތައް ވަށައިލާފައެވެ. އަދ ސަރުކާރުގެ އޮފީސްތަކަށާއި ވުޒާރާތަކަށް ވަދެގަތް 800 ވުރެ ގިނަ މީހުން ޕާކިސްތާނުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...