ރާއްޖޭގެ ޚަބަރު ފުލުހުން ޚިދުމަތް ވަކި މުއައްސަސާއަކަށް ބަދަލުވިތާ 10 އަހަރު ފުރުން ފާހަގަ ކޮށްފި

ފުލުހުން ޚިދުމަތް ވަކި މުއައްސަސާއަކަށް ބަދަލުވިތާ 10 އަހަރު ފުރުން ފާހަގަ ކޮށްފި

ފުލުހުން ޚިދުމަތް ވަކި މުއައްސަސާއަކަށް ބަދަލުވިތާ 10 އަހަރު ފުރުން ފާހަގަ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތުން ވަކިވެ ވަކި ޚިދުމަތެއްގެ ގޮތުގައި ހިނގަންފެށިތާ 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި އޮތް މި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރުއެވެ. މިރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢުމަރު ޒާހިރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި މުޙައްމަދު ޞާދިޤް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރު ދެއްކެވި ވާހަކަފުޅުގައި ބޮޑެތި ކުށްތަކުގެ އަސްލުކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވަރުގަަދަ ހަމަލާއެއް ދޭން ތައްޔާރުވަމުންދާކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައްކަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެ މަސައްކަތްތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި ކުރިމަތިވި ގޮންޖެހުންތަކާއި އެކަންތައްތަކަށް ވިސްނަވައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޓީމެއް އޭރުވެސް އަދި މިއަދުވެސް ފުލުހުންގެ ތެރޭގައި އޮތްކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ތެރެއިން ކުލައާއި މެޑަލް ލިބުނު ފުލުހުންނަށް ކުލައާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ކުލައާއި މެޑަލް ލިބުނު ފަރާތްތަކަށް މެޑަލް އާއި ކުލަ ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރު އާއި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން އޮނަރަބަލް ޢުމަރު ޒާހިރުއެވެ. އެގޮތުން މި ރަސްމިއްޔާގައި ފުލުހުންގެ ތެރެއިން 14 ފުލުހަކަށް މެޑަލް ލިބިފައިވާއިރު 46 ފުލުހަކަށް ވަނީ ކުލަ ލިބިފައެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތަކީ ސިފައިންނާއި ފުލުހުން ވަކި ޚިދުމަތެއް ގޮތުގައި ވަކިވެ ފުލުހުން ވަކި މުއައްސަސާއަކަށް ބަދަލުވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.