ރާއްޖޭގެ ޚަބަރު ސަރުކާރަށް ފުރުޞަތު ދިނުމަށާއި ފުރުޞަތަށް ހުރަސް ނޭޅުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ސަރުކާރަށް ފުރުޞަތު ދިނުމަށާއި ފުރުޞަތަށް ހުރަސް ނޭޅުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ސަރުކާރަށް ފުރުޞަތު ދިނުމަށާއި ފުރުޞަތަށް ހުރަސް ނޭޅުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރަށް ފުރުޞަތު ދިނުމަށާއި ފުރުޞަތަށް ހުރަސް ނޭޅުމަށް ރައީސް ޔާމީން ގޮވާލައްވައިފިއެވެ.

އދ ދަނގެތީ ބަނދަރު މަޝްރޫޢު އިފްތިތާހު ކުރުމަށް ފަހު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުން 2018 ވަނަ އަހަރާއި ހަމައަށް ޕީޕީއެމަށް ވެރިކަން ކުރުމަށް ފުރުޞަތު ދީފައިވާ ކަމަށާއި، އެއްވެސް ރައްޔިތަކު މި ފުޞަތަށް ހުރަސް އަޅަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދިކޮޅު ޕާޓީތަކާއި، ސިޔާސީ ޕާޓީތަކުންވެސް ވަކާލާތު ކޮށް ގޮވަމުން ގެންދަނީ ރައްޔިތުންގެ ތަރައްޤީ އަށް ކަމަށާއި، ކޮންމެ ސިޔާސީ ފިކުރެއް ހުއްޓަސް، އެކަމަކަށް ހުރަސްއަޅާނެ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީ.ޕީ.އެމް.ގެ މި 5 އަހަރުގެ ދައުރުގެ ތެރޭގައި، މި ފުރުޞަތުގެ ބޭނުންހިފަން އެނގޭތޯ ބެލުމުގެ ޖާގަ ދެއްވަން ޖެހޭކަމަށާއި، އޭގެފަހުން 2018 ގައި ނުކުމެވަޑައިގަންނަވައިގެން، އެހެން ސަރުކާރަކުން ވަޑައިގެން މިކަން ހަމަ މިގޮތަށް ގެންދަވާ ނަމަ ޕީޕީއެމްގެ ފަރާތުން ދިވެހި ރައްޔިތުންގެ ޙައްޤުގައި، ފުރުޞަތު ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރޭ މައިގަނޑު ގޮތެއްގައި ޢިޝާރާތް ކުރެއްވީ މިއަދު ތަސްދީޤު ކުރެއްވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.