މަދަނީ މަސައްކަތް ތެރިންނަށް ބޯނަސްގެ ގޮތުގައި މުސާރައިގެ ތިންބައިކުޅަ ދެބައިދީފިއެވެ.
އެހެން ނަމަވެސް މި ޢަދަދަށް ބޯނަސް ފައިސާ ލިބިފައި ވަނީ މަސައްކަތުގެ އަޚުލާޤާއި ފެންވަރަށް ބެލުމަށް ފަހު ސިވިލްސާވިސް ކޮމިޝަނުން އެކުލަވާލި މިންގަޑު ތަކާއި އެއްގޮތަށް އިވެލުއޭޓްކޮށް 85 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް އެކަންޏެވެ.
އަދި މި އިވެލުއޭޝަނުން 84.9 އާއި 75 ދެމެދު އިންސައްތަ މާކްސް ހޯދި ފަރާތްތަކަށް ދީފައި ވަނީ އެ މީހެއްގެ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބައެވެ.
ސިވިލް ސާވިސް ކޮމިޝަނުން އަހަރީ ބޯނަސް ދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ސިވިލްސާވަންޓުން މަސައްކަތްކޮށްފައިވާ ފެންވަރަށް ބެލުމަށް ފަހުގަ އެވެ.
މުވައްޒަފުންގެ ފެންވަރު ބެލުމަށް ފަހު ދޭ ބޯނަސް ފައިސާއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށް ވެސް ސިވިލް ސާވީސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...