މުސްލިމް ބުރަދަރހުޑުގެ ލީޑަރު ޑރ. މުޙައްމަދު ބަދީއުއާއި އެޖަމާޢަތުގެ އިސް ހަތް ބޭފުޅަކު ޢުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.
ބަދީއު ޢުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިމިވަނީ ޑރ. މުޙައްމަދު މުރުސީ ރައީސްކަމުގައި ހުންނެވި އިރު މިޞްރުގައި ހިނގާދިޔަ ހަމނުޖެހުންތަކުގައި މީހުން މަރުވެފައިވާތީ އެހަމަނުޖެހުން ހިންގުމުގައި ބައިވެރިވެފައިވާތީ އިއްވި ޙުކުމެކެވެ.
މިޞްރުގެ ކޯޓަކުން މިއަދު ކުރި ޙުކުމްތަކުގައި މުސްލިމް ޝަރުޢީ މަރުހަލާ މިހާރުވެސް ކުރިއަށްދާ ހަ މީހަކަށް ޣައިރު ޙާޟިރުގައި މެރުމަށް ޙުކުމްކޮށްފައިވެއެވެ. އަދި މުސްލިމް ބުރަދަހުޑުގެ ޙަރަކާތަށް ނިސްބަތްވާ ފަސް މީހަކުވެސް މެރުމަށް ޙުކުމްކޮށްފައިވެއެވެ. މިފަސް މީހުންކީ މިހާރުވެސް ޝަރުޢީ މަރުހަލާ ކުރިއަށްދާ ފަސް މީހުންނެވެ.
ޝަރުޢީ މަރުހަލާގައި ކުރިއަށްދާ މި 14 މީހުންނަށް އިއްވި ޙުކުމުތަކަކީ ޣިޒާގައި ހިނގި ހަމނުޖެހުންތަކުގައިމީހުން މެރުމާއި ލޭ އޮހޮރުވުން ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވި މީހުންކަމަށް ބުނެ އިއްވާފައިވާ ޙުކުމް ތަކެކެވެ.
މުސްލިމް ބުރަދަ ހޫޑުގެ ވެރިކަން ވައްޓާލުމަށްފަހު މިޞްރުގެ މިހާރުގެ ސަރުކާރުންވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ ހިމެނޭގޮތަށް މުސްލިމް ބުރަދަރހުޑުގެ 1000 ވުރެ ގިނަ މީހުން ހައްޔަރުކޮށް 200 އަށް ވުރެ ގިނަ މީހުންނަށް މަރުގެ ޙުކުމް އިއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...