ރާއްޖޭގެ ޚަބަރު ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް އޭސީސީއިން ޚަރަދު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް އޭސީސީއިން ޚަރަދު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް އޭސީސީއިން ޚަރަދު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް އޭސީސީއިން ޚަރަދު ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވާ ނެރުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވިދާޅުވީ 2013 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޭސީސީ އަށް ފާސްކޮށްދީފައި ވަނީ 17،031،743ރ. ގެ ބަޖެޓެއް ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓަށްވުރެ އިތުރަށް މިދިޔަ އަހަރު އޭސީސީން 3،520،689ރ. ހަރަދުކޮށްފައިވާ ކަމަށާއި، މި ފައިސާ ފިނޭންސް މިނިސްޓްރީން އޭސީސީއަށް ދޫކޮށްފައިވަނީ މަޖިލީހުން ފާސްކޮށްދިން ބަޖެޓުގެ ރޫޙާއި ޚިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެހެން ކަމުން މަޖިލީހުން ފާސްކޮށްދެއްވާ ބަޖެޓަށް އުނިއިތުރު ގެންނަނަމަ، މީގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެފަދަ އުނިއިތުރުތައް ފާސްކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.