ދިވެހި ޒުވާނުންނަށް އަމާޒު ކޮށްގެން އަލް ޢަޞުރުން މަޢައްޝަބާބުގެ ނަމުގައި އަންނަ އާދިއްތަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ ކްލާސްތަކަށް ނަންނޯޓު ކުރުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް މި ކްލާސްތައް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
ޢާއްމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލައިގެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހުގެ ރޭގެ ޢިޝާނަމާދަށް ފަހު 1 ގަޑިއިރަށް ކުރިޔަށް ގެންދާ މި ކުލާހުގައި ނަންނޯޓުކޮށް ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ލިބޭނެއެވެ.
އެގޮތުން ކްލާހުގައި ކިޔަވައިދޭ ތަކެތީގެ އިތުރު ނޯޓްސް އާއި، ހޭންޑްއައުޓްސްގެ އިތުރުން ވީޑިޔޯ ތައްވެސް ކްލާހުގައި ނަންނޯޓު ކޮށްގެން ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އަލް ޢަޞުރުން ބުނެފައި ވެއެވެ.
އަލް ޢަޞުރުން ކުރިޔަށް ގެންދާ ޢަޤީދާގެ މި ކުލާސް ތަކުގައި ޞައްޙަ ޢަޤީދާ އާއި ތަޢުޙީދާއި ޝިރުކާއި، ޝަހާދަތުގެ ދެ ކަލިމައިގެ ޝަރުޠު ތަކާއި، ޞަލަފުއް ޞާލިހުންގެ މަންޙަޖުގެ އިތުރުން ފިޤްހުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚާއްޞަ ޢަޤީދާ ކްލާސް ތަކުގައި ކިޔަވައި ދެއްވަނީ އައްޝައިޚް ނިމާލް މުހައްމަދް އަދި އައްޝައިޚް އާދަމް ޝަމީމް އެވެ.ސިލްސިލާކޮށް ކުރިއަށް ގެންދާ މިހާއި ގުޅޭ އިތުރު މަޢްލޫމާތު 'އަލްޢަސްރު'ގެ ފޭސްބުކް ޕޭޖުން ލިބިވަޑައި ގަންނަވާނެކަމަށް 'އަލްއަސްރް'އިން ހާމަ ކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...