އިންސާނީ ކަރާމަތަށް އިޙުތިރާމު ކުރުމަށް އައިއެސްއަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ދާދި ފަހުން ޢިރާޤާއި ޝާމް ކަރައިގައި އިޢުލާނު ކޮށްފައިވާ އިސްލާމީ ޚިލާފަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިވެހ9 ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމިކް ސްޓޭޓުން ހިންގާ ހަރުކަށި ޢަމަލު ތަކުގެ ސަބަބުން އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުވަމުން އަންނަ ކަމަށެވެ.
އައިއެސްގެ ޢަމަލުތައް ކުށްވެރި ކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، އިސްލާމިކް ސްޓޭޓުން އިސްލާމްދީނުގެ ނަމުގައި އައިއެސް އިން ލާއިންސާނީ ޢަމަލުތަކާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން ދާކަމަށެވެ.
އިސްލާމިކް ސްޓޭޓް ކުއްވެރި ކުރައްވާ ދިވެހި ސަރުކާރުން ބަޔާނެއް ނެރުއްވާފައި މިވަނީ ދިވެހިރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވެސް އެ ޖަމާޢަތުގެ ޢަމަލު ތަކަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމާއި، ދިވެހި ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީއޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް ޢަލީ ޒާހިރާއި، ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ އާއި، އައްޝެއިޚް އާދަމް ނިޝާން ފަދަ ޢިލްމުވެރިން ވަނީ އައިއެސް އަކީ ރަނގަޅު ޖަމާޢަތެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...