ރާއްޖޭގެ ޚަބަރު ދިވެހިން ޣައްޒާ އަށް ދިން އެހީ ގަތަރު ރެޑްކްރެސެންޓާއި ހަވާލު ކޮށްފި

ދިވެހިން ޣައްޒާ އަށް ދިން އެހީ ގަތަރު ރެޑްކްރެސެންޓާއި ހަވާލު ކޮށްފި

ދިވެހިން ޣައްޒާ އަށް ދިން އެހީ ގަތަރު ރެޑްކްރެސެންޓާއި ހަވާލު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިން ޣައްޒާ އަށް ދިން އެހީ ގަތަރު ރެޑްކްރެސެންޓާއި ރޭ ހަވާލު ކޮށްފި އެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހިން ހަދިޔާކުރި 29 މިލިޔަން ރުފިޔާ ޤަތަރު ރެޑްކްރެސެންޓާއި ހަވާލު ކޮށްފައި ވަނީ ރޭ 10:00 ޓެލެވިޒަން މޯލްޑިވުސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރޭ ބާއްވި ރަސްމިއްޔާތުގައި ޣާޒާ ފަންޑު މޯލްޑިވްސް އާއި ޤަތަރު ރެޑްކްރެސެންޓާއި ދެމެދު ވަނީ ފައިސާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ.

ޤަތަރު ރެޑް ކްރެސެންޓުގެ ފަރާތުން މި ފައިސާއާއި ޙަވާލުވެ ވަޑައިގަތީ އެ ޖަމާޢަތުގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް އެވެ.

ރޭގެ ރަސްމިއްޔާތުގައި ޢަދާލަތު ޕާޓީން އިސް ނަގައިގެން ޖަމިއްޔާާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ގާޒާ ފަންޑު މޯލްޑިވްސް އަށް ލިބުނު 6.3 މިލިއަން ރުފިޔާ އާއި ދިވެހިރާއްޖޭގެ މީޑިއާ ތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 22.7 މިލިއަން ރުފިޔާވެސް ވަނީ ޤަޠަރު ރެޑްކްރެސެންޓާއި ޙަވާލު ކޮށްފައެވެ.

އެގޮތުން ރޭ އެ ޖަމިއްޔާ އާއި ވަނީ ޖުމްލަ 29 މިލިއަން ދިވެހި ރުފިޔާ (1.9 މިލިއަން ޑޮލަރު) ޙަވާލު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.