ރާއްޖޭގެ ޚަބަރު ފައިސާ ހަވާލުކުރާއިރު އެއްބަސްވުމެއްގައި ސޮއި ކުރާނެ: ޣާޒާ ފަންޑު މޯލްޑިވްސް

ފައިސާ ހަވާލުކުރާއިރު އެއްބަސްވުމެއްގައި ސޮއި ކުރާނެ: ޣާޒާ ފަންޑު މޯލްޑިވްސް

ފައިސާ ހަވާލުކުރާއިރު އެއްބަސްވުމެއްގައި ސޮއި ކުރާނެ: ޣާޒާ ފަންޑު މޯލްޑިވްސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފައިސާ ހަވާލުކުރާއިރު ފައިސާ ހަރަދުކުރާނެ ގޮތުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށް ޣާޒާ ފަންޑު މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން ނެރުނު ނޫސް ބަޔާނުގައި ވަނީ ޤަތަރު ރެޑް ކްރެސެންޓުގެ ރައީސްއާ ހަވާލުކުރުމަށް މަސައްކަތް ކުރާއިރު ފައިސާ ހަރަދުކުރާނެ ގޮތުގެ އެއްބަސްވުމެއްގައި އެ ޖަމާއަތާއި ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީ އަދި ގާޒާ ފަންޑު މޯލްޑިވްސް އިން ސޮއިކުރުމަށް ހަމަޖައްސައިފަވާ ކަމަށެވެ.

ބަޔާނުގައި ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން ބުނެފައިވަނީ "އެ ފައިސާ އިން ހަރަދުކުރުމަށް ތިން ފަރާތުން އެއްބަސްވާ ގޮތަކީ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ބޭސް ފަރުވާ އާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ،"

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ހަދިޔާކުރި 29 މިލިޔަން ރުފިޔާ ޤަތަރު ރެޑްކްރެސެންޓްއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ 10:00 ގައި އޮންނާނެއެވެ. މިރަސްމިއްޔާތު ޓީވީއެމް، ދިޓީވީ، ވީޓީވީ، ޗެނަލް 13 އަދި ސަންޓީވީ އިން ވަގުތުން ދައްކާނެކަމަށް ޣާޒާ ފަންޑް މޯލްޑިވްސްއިން ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ.

ޢަދާލަތު ޕާޓީން އިސް ނަގައިގެން ޖަމިއްޔާާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ގާޒާ ފަންޑު މޯލްޑިވްސް އަށް ލިބުނީ 6.3 މިލިއަން ރުފިޔާއެވެ. އަދި މީޑިއާ އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 22.7 މިލިއަން ރުފިޔާއާ ލިބިފައިވެއެވެ. ޖުމްލަ 29 މިލިއަން ރުފިޔާ (1.9 މިލިއަން ޑޮލަރު) ގާޒާ ފަންޑަށް ވަނީ ލިބިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.