ރާއްޖޭގެ ޚަބަރު "ޣާޒާ ފަންޑް މޯލްޑިވްސް" ގަތަރު ރެޑް ކްރެސެންޓާއި މިރޭ ހަވާލު ކުރަނީ

"ޣާޒާ ފަންޑް މޯލްޑިވްސް" ގަތަރު ރެޑް ކްރެސެންޓާއި މިރޭ ހަވާލު ކުރަނީ

"ޣާޒާ ފަންޑް މޯލްޑިވްސް" ގަތަރު ރެޑް ކްރެސެންޓާއި މިރޭ ހަވާލު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޣާޒާ ފަންޑް މޯލްޑިވްސް" ގަތަރު ރެޑް ކްރެސެންޓާއި ހަވާލުކުރުން މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް ޣާޒާ ފަންޑް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ހަދިޔާކުރި 29 މިލިޔަން ރުފިޔާ ޤަތަރު ރެޑްކްރެސެންޓްއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ 10:00 ގައި އޮންނާނެ ކަމަށާއި މިރަސްމިއްޔާތު ޓީވީއެމް، ދިޓީވީ، ވީޓީވީ، ޗެނަލް 13 އަދި ސަންޓީވީން ވަގުތުން ދައްކާނެކަމަށް ޣާޒާ ފަންޑް މޯލްޑިވްސްއިން ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ.

މިރޭ ބާއްވާ ރަސްމިއްޔާތުގައި ޣާޒާ ފަންޑު މޯލްޑިވްސް އާއި ޤަތަރު ރެޑްކްރެސެންޓައި ދެމެދު އެއްބަސްވުމުގައި ސޮއި ކުރެއްވުން އޮންނާނެއެވެ. މިރަސްމިއްޔާތައް ޤަތަރު ރެޑް ކްރެސެންޓުގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް ވަނީ ރާއްޖެ ވަޑައިގެންފި އެވެ.

ޢަދާލަތު ޕާޓީން އިސް ނަގައިގެން ޖަމިއްޔާާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ގާޒާ ފަންޑު މޯލްޑިވްސް އަށް ލިބުނީ 6.3 މިލިއަން ރުފިޔާއެވެ. އަދި މީޑިއާ އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 22.7 މިލިއަން ރުފިޔާއާ ލިބިފައިވެއެވެ. ޖުމްލަ 29 މިލިއަން ރުފިޔާ (1.9 މިލިއަން ޑޮލަރު) ގާޒާ ފަންޑަށް ވަނީ ލިބިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.