ރާއްޖޭގެ ޚަބަރު ތަޢުލީމީ އާ މަންހަޖުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން: އެޑިޔުކޭޝަން

ތަޢުލީމީ އާ މަންހަޖުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން: އެޑިޔުކޭޝަން

ތަޢުލީމީ އާ މަންހަޖުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން: އެޑިޔުކޭޝަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ތަޢުލީމީ އާ މަންހަޖުގެ މައިގަނޑު މަސްދަރެއްގެ ގޮތުގައި ބަލާފައިވާނީ އިސްލާމްދީން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ތަޢުލީމީ އާ މަންހަޖުގެ ދަށުން ސްކޫލްތަކުގައި ދެވޭ ތައުލީމަކީ އަދި ހިންގާ ހަރަކާތް ތަކަކީވެސް އިސްލާމްދީނުގެ އަސްލުތަކާއި އުސޫލު ތަކަށް ފެތިގެން، ކުދިންނަށް ރަނގަޅު އާދަކާދަތަކެއް ދަސްވެގެން، ކުދިންގެ ކިބައިގައި ރަނގަޅު ތަރުބަވީ ސިފަތަކެއް އަށަގަނެވޭނެ ތައުލީމެއްގެ ގޮތުގައި ބައްޓަން ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ފަށާ ދިވެހިރާއްޖޭގެ ޤައުމީ ތަޢުލީމީ އާ މަންހަޖުގައި ތަރުބަވީ ހުރިހާ ކަމަކަށް އިސްކަން ދެއްވާފައި ވާނެކަމަށާއި، އިތުރުން އާ ސްޓްރީމެއްގެ ގޮތުގައި މަސައްކަތްތެރި ކަމުގެ ސްޓްރީމް ތަޢާރަފް ކުރެވިގެންދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރން ވިދާޅުވިއެވެ.

އާ މަންހަޖު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންނަ އަހަރު ތައާރަފް ކުރެވޭއިރު،މި މަންހަޖު ފުރަތަމަ ތަންފީޒު ކުރެވޭނީ ގްރޭޑް އެކަކުން ތިނަކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެން ނަމަވެސް 2016ވަނަ އަހަރު ގުރޭޑް ހަތަރެއް ފަހަކަށް މަންހަޖު ތައާރަފް ކުރުމަށްފަހު 2017ވަނަ އަހަރު ހުރިހާ ގްރޭޑް ތަކެއްގައި އާ މަންހަޖު ތަންޒީކުރަންފެށޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.