( ހިތްބަލި ބޭފުޅުން މި ޚަބަރުގެ ތިރީގައިވާ ފޮޓޯތައް ނުބެއްލެވުން އެދެން )
އިޒްރޭލުގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްކުޅި އަންހެނަކަށް އަނިޔާކުރާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ޢާއްމު ވެއްޖެއެވެ.
މި ފޮޓޯއިން ފެންނަނީ ރަހުމު ކުޑަ ގޮތަކަށް ކުޑަކުޑަ ޔަހޫދީއަކު މުސްކުޅި އަންހެނަކަށް ކޮޅުފައިން ޙަމަލާދޭ ތަނެވެ.
އަދި ފަހަތުން އަންނަ ޒުވާން އަންހެން ޔަހޫދީ އަކު ޢަރަބި އަންހެން މީހާގެ ބުރުޤާ ދަމައިގަންނަ މަންޒަރު މި ފޮޓޯއިން ފެނެއެވެ.
ސޯޝަލްމީޑިޔާގައި މިހާރު އެންމެ ބާރަށް ދައުރުވަމުންދާ މި ފޮޓޯއަށް އެކަނި ބަލާލުމުންވެސް ޔަހޫދީންގެ ނުބައި ނުލަފާ ކަމާއި އަނިޔާވެރިކަން ހާމަވެއެވެ.
މީގެ އިތުރުން އިޒްރޭލުގައި ދިރިއުޅޭ ޢަރަބި ފިރިހެނަކު ޣައްޒާ އަށް ތާއީދު ކުރާ ޓީޝާޓެއް ލައިގެން މަގުމައްޗަށް ނުކުތުމުން ޔަހޫދީ ސިފައިންގެ އަނިޔާވެރި ކަމާއި ވަނީ ކުރިމަތި ލާންޖެހިފައެވެ.
ޔަހޫދީ ސިފައިން މިހާރު ވަނީ އެ ޒުވާނާ ހައްޔަރު ކޮށްގެން ޖަލަށް ގެންގޮސްފައެވެ. މިއީ ޔަހޫދީ އަނިޔާވެރިންގެ އަނިޔާއިން ކުޑަ ތަންކޮޅެކެވެ. އެހެނަސް ގިނަ ބަސްތަކަކަށްވުރެ މާގިނަ ވާހަކަ އެންމެ ފޮޓޮއަކުންވެސް ބުނެދެއެވެ. އެހެންނޫން ތޯއެވެ؟
މިފަދަ ކިތަންމެ ހާސް ފޮޓޮއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.









ކޮމެންޓް (0)
ލޯޑް ކުރަމުން...