ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރާ 300 ފްލެޓްގެ އަމަލީ މަސައްކަތް މިމަހުގެ 21 ވަނަ ދުވަހު ފަށައިފިއެވެ .
.ހުޅުމާލޭގައި ފުލުހުންގެ ފްލެޓް ޢިމާރާތްކުރާ ސަރަޙައްދުގައި މި މަސައްކަތް ފައްޓަވައި ދެއްވީ އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ސޯދިޤު އެވެ
ހުޅުމާލޭގައި ހަދަން ފެށި މިފްލެޓްތަކުގެ ވެރި ފަރާތްތައް ކަނޑައެޅި ފުލެޓް ލިބޭކަމުގެ ލިޔުން ފާއިތުވިއަހަރު އެފަރާތްތަކާ ޙަވާލުކޮށްފައިވާއިރު ފްލެޓް ލިބޭ ފަރާތްތަކުން މިހާރުވެސް ގެންދަނީ ފްލެޓުގެ ޑައުންޕޭމަންޓް ދައްކަމުންނެވެ. މިފްލެޓްތަކުގެ ޑައުންޕޭމަންޓް 2 އަހަރު ވަންދެން ނަގަން ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި މިހާރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ފްލެޓްތަކަކީ ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކޮށް އާއިލާތަކަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ފުލުހުންނަށް ޢިމާރާތް ކޮށްދިނުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.
ކުލިދައްކައިގެން 25 އަހަރުން މިލްކުކުރެވޭގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތައް ހޮވިފައިވަނީ މިކަމަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ކަނޑައެޅި މިންގަނޑުތަކަށް ބަލައިގެން އެކަމަށް އެކުލަވައިލި ޚާއްޞަ ކޮމިޓީއަކުންނެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...