އިންޑިއާ އާއި ޖަޕާންގެ ހަނގުރާމަ މަތީ ތިން މަނަވަރު ރާއްޖެ އަތުވެއްޖެއެވެ.
މި މަނަވަރު ތަކުގެ ދަތުރާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އިންޑިއަން ނޭވީ ޝިޕް ޓްރިކަންޑް މިއަދު ރާއްޖެ އަށް މިކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ގުޅިގެން ސަވައިލަންސް ޕެޓްރޯލެއް ހިންގުމަށް ހަމަޖެހިފައި ވާކަމަށާއި، މި ސަވައިލަންސް ޕެޓްރޯލުގައި ރާއްޖޭގެ ހުޅަނގުން ހުރިހާ ސަރަޙައްދެއްގައި ޕެޓްރޯލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އިންޑިއާގެ މަނަވަރު ރާއްޖެއަށް ކުރަމުންދާ މިޒިޔާރަތް ނިންމާލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ޖަޕާންގެ ދެ މަނަވަރު ރާއްޖެއަށް މިކުރާ ޒިޔާރަތުގައި މިދެމަނަވަރުގެ އިސް ބޭފުޅުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު މުހައްމަދުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...