ރާއްޖޭގެ ޚަބަރު ރޭ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލާގައި ފުލުހުން ބަޔަކު ހޯދަން ފަށައިފި

ރޭ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލާގައި ފުލުހުން ބަޔަކު ހޯދަން ފަށައިފި

ރޭ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލާގައި ފުލުހުން ބަޔަކު ހޯދަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލާގައި ފުލުހުން ބަޔަކު ހޯދަން ފަށައިފި އެވެ.

ފުލުސް އޮފީހުން ބުނީ ރޭ 20:50 ހާއިރު ދިދި ގޯޅީގައި ހިނގި މި މާރާމާރީގައި ޒަޚަމު ވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 13 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ. މި މީހުންނަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި މާރާމާރީ ހިންގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާއިރު، މި މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އަދި މި ޙާދިސާގައި އަނިޔާވި ތިންމީހުންގެ ތެރެއިން އެކެއްގެ ޙާލު ސީރިޔަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.