ރާއްޖޭގެ ޚަބަރު ޕޮލިސް ހެރިޓޭޖް ސެންޓަރ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ޕޮލިސް ހެރިޓޭޖް ސެންޓަރ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ޕޮލިސް ހެރިޓޭޖް ސެންޓަރ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ހެރިޓޭޖް ސެންޓަރާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ފުލުހުންފެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ހެރިޓޭޖް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ޑިވޮލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދެވެ. ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލްކޯގެ ސީ.އީ.އޯ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.

އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ޕޮލިސް ހެރިޓޭޖް ސެންޓަރު ތަރައްޤީ ކުރުމުގައި ޕޮލްކޯއިން އެހީތެރިކަން ފޯރުކޮށްދިނުމާއި އެސެންޓަރުގައި ގިފްޓް ޝޮޕެއް ޤާއިމްކޮށް އެތަން ހިންގައިގެން ލިބޭ ފައިދާގެ ތެރެއިން 40 އިންސައްތަ ހެރިޓޭޖް ސެންޓްރަށް އަދި 60 އިންސައްތަ ޕޮލްކޯއަށް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ޕޮލްކޯގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.