ރާއްޖޭގެ ޚަބަރު ސަރުކާރާއި މަޖިލިސް ގުޅިގެން ޙަރާމް ގޮތުގައި ފައިސާ ހޯދަނީ ؟

ސަރުކާރާއި މަޖިލިސް ގުޅިގެން ޙަރާމް ގޮތުގައި ފައިސާ ހޯދަނީ ؟

ސަރުކާރާއި މަޖިލިސް ގުޅިގެން ޙަރާމް ގޮތުގައި ފައިސާ ހޯދަނީ ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރާއި މަޖިލިސް ގުޅިގެން ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަމަކީ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި ޚިލާފު ޢަމަލެއް ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުން ހޫނުވެފައި ވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ސިފައިންގެ އިސް މަޤާމު ތަކެއް ކުރިން ފުރުއްވާފައިވާ ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަަލް އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގައި އޮފްޝޯ ބޭންކެއް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުމުން މަޖިލީހުގެ ރައީސް އެ ބިލް ބަލައިގެންފައިވާ ކަމަށާއި އެއީ ހަރާމް ގޮތުގައި ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އިބުރާހިމްދީދީ ވިދާޅުވީ އެ ބިލަކީ ކަނޑައެޅިގެން އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި، އެ ބިލަކީ ޤާނޫނު އަސާސީއާއި ވެސް ޚިލާފު ބިލެއް ކަމަށެވެ.

އެހެން ކަމުން އެފަދަ ބިލެއް މަޖިލީހުން ބަލައިގަތުމުގައި މަޖިލީހުގެ ރައީސް ޢަމަލު ކުރައްވާފައި ވަނީ ޤާނޫނު އަސާސީ އާއި އިސްލާމީ އުޞޫލު ތަކާއި ވެސް ޚިލާފަށް ކަމުގައި އިބުރާހިމްދީދީ ތުހުމަތު ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.