ރާއްޖޭގެ ޚަބަރު މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ މެދުކަނޑާލައިފި

މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ މެދުކަނޑާލައިފި

މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ ނިޒާމު ގެއްލުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލު ކުރައްވައި ޖަލްސާ ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހުގެ ރައީސް މަޖިލީހުގެ ޤަވާޢިދުގެ ތެރެއިން ބަލައިގެންފައި ނުވާ ކަމަށާއި އެއީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް މިހާރު ކުރިޔަށް ދަނީ ގާނޫނު އަސާސީއާ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށާއި، އެފަދަ ގޮތަކަށް ޖަލްސާ ކުރިޔަށް ގެންދަވަން ފުރުޞަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ.

މި މައްސަލާގައި ޕީޕީއެމުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އުފެދޭ ހިޔާލު ތަފާތު ވުންތައް ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ ކަމަށާއި މަޖިލޮީހުގެ ޖަލްސާތައް މެދެކަނޑާލަންޖެހޭ ހަމައަށް ކަންކަން ނުގެންދިޔުން އެދޭ ކަމަށެވެ.

ނިޒާމު ގެއްލި ތަޅުން ހޫނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލިއިރު، ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި ސުވާލު ކުރެއްވުމަށް އެމަނިކުފާނު މަޖިލީހުގެ ތަޅުމަށް ޙާޒިރު ކުރައްވާފައި ހުންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.