ރާއްޖޭގެ ޚަބަރު ސަޢޫދީގެ ޢިލްމުވެރިން ދިވެހި ޢިލްމުވެރިންނާއި ބައްދަލު ކުރައްވައިފި

ސަޢޫދީގެ ޢިލްމުވެރިން ދިވެހި ޢިލްމުވެރިންނާއި ބައްދަލު ކުރައްވައިފި

ސަޢޫދީގެ ޢިލްމުވެރިން ދިވެހި ޢިލްމުވެރިންނާއި ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ އިބުރާހިމް އައްދުވައިޝް އާއި އެކު ރާއްޖޭގައި ތިއްބެވި ސަޢޫދީ ޢީލްމުވެރިންގެ ޓީމުން ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދެވި މި ބައްދަލުވުމުގައި ރާއްޖޭގައި ތިއްބެވި ބޮޑެތި މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ޑރ ދުވައިޝް އާއި އެކު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީގެ ޢިލްމުވެރިން ވަނީކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށްވެސް ޒިޔާރަތް ކުރައްވާ އެތަނުގެ ކަންކަން ހިނގާ ނުހިނގާގޮތް ބައްލަވާލައްވާފައެވެ.

ޑރ ދުވައިޝް ކީރިތި ޤުރުއާނާއިބެހޭ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ޑރ ދުވައިޝް ކީރިތި ޤުރުއާނާއިބެހޭ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އަދި މި ޓީމުން ވަނ ީ ޢަރަބިއްޔާ ސްކޫލުގެ އިސް ވެރިންނާއި ވެސް ބައްދަލު ކުރައްވާ އެ މަދަރުސާގެ ކަންކަން ކުރިޔަށްދާ ގޮތްވެސް އޮޅުން ފިލުއްވާފައެވެ.

ޑރ. ދުވައިޝް ޢަރަބިއްޔާ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ޑރ. ދުވައިޝް ޢަރަބިއްޔާ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.