ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކާ ބައްދަލު ކުރައްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި، ޖިއާންގސޫ ޕްރޮވިންސްގެ ޓްރާންޕޯރޓޭޝަން އިންޖިނިއަރިންގ ގްރޫޕާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއި، ހުއާވެއި ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އެންމެ އިސްވެރިން ހިމެނިވަޑައި ގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކުގައި މިކުންފުނިތަކުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރި ފުރުޞަތުތަކާއި އެފަރާތްތަކުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ޙަރަކާތްތެރިވާ ޓްރެވަލް އޭޖެންސީއެއް ކަމުގައިވާ 'ތޫނިއާ' ގެ އިސްފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެފަރާތުން އިންތިޒާމް ކުރެއްވި މެންދުރުގެ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...