ރާއްޖޭގެ ޚަބަރު ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން ﷲ އަށް ތަޤްވާވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ: ޝައިޚު ޑރ ދުވައިޝް

ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން ﷲ އަށް ތަޤްވާވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ: ޝައިޚު ޑރ ދުވައިޝް

ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން ﷲ އަށް ތަޤްވާވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ: ޝައިޚު ޑރ ދުވައިޝް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން މާތް ﷲ އަށް ތަޤްވާވެރިވެ އިޚްލާޞްތެރިވާން ޖެހޭނެކަމަށް ޝައިޚު ޑރ ދުވައިޝް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީޢަރަބިއްޔާގެ ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އައްދުކްތޫރު އިބްރާހީމުއްދުވައިޝް މިފަދައިން ވިދާޅުވީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްވި ދަރުސެއް ގައެވެ. “ކިޔަވާކުދިންގެ އަދަބުތައް” މިމައުލޫއަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ވާހަކަ ދައްކަަމުން ފަޟީލަތުއްޝައިޚު އައްދުކްތޫރު އިބްރާހީމުއްދުވައިޝް ވިދާޅުވީ "ޝަރްޢީ ކުއްލިއްޔާއަކުން އުނގެނުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް." ކަމަށާއި "ހުރިހާ ދަރިވަރުން ވެސް އެކަން ދަންނަންޖެހޭނެ" ކަމަށެވެ.

"ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން މާތް ﷲ އަށް ތަޤްވާވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ. ކެތްތެރިކަމާއި މަޑުމައިތިރިކަމަކީ ޢިލްމުގެ އަހުލުވެރިންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެއް. ކީރިތި ރަސޫލާގެ ޢަމަލުފުޅުން އެނަމޫނާދެއްކެވި." ކަމަށާއި "ރާއްޖޭގެ އެންމެންނަކީ މުސްލިމުންކަމަށް ވުމާއެކު އެމީހުންގެ ނަޒަރު ހުއްޓިފައިވާނީ ޝަރްޢީ ޢިލްމުވެރިންނާއި ޢިލްމު އުނގެނޭ ދަރިވަރުންނާ ދިމާއަށް ކަމަށް ވުމާއެކު، ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުންނަކީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ގަދައަށް ހިފަހައްޓައިގެން ތިބިބަޔަކަށް ވާންޖެހޭ" ކަމަށް ފަޟީލަތުއްޝައިޚު އައްދުކްތޫރު އިބްރާހީމުއްދުވައިޝް ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚު އައްދުކްތޫރު އިބްރާހީމުއްދުވައިޝް ވަނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒަށް ޒިޔާރަތްކުރައްވައި ފެކަލްޓީގެ އިސްވެރިންނާއި ލެކްޗަރާރއިންނާ ބައްދަލުކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.