ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން މިނިވަން ރަންޔޫބިލްގެ މުނާސަބަތުގައި ރާއްޖޭގެ އިސްލާމީ ޝަޚުޞު ރަމްޒު ކޮށްދޭ މުޅިން ތަފާތު ރީތި މިސްކިތެއް ހުޅުމާލޭގައި ބިނާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ކެބިނެޓުގެ ސޯޝަލް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ވިދާޅުވީ، މިނިވަން ރަންޔޫބީލްގެ މުނާސަބަތާއި ގުޅުވައިގެން ސަރުކާރުން ބިނާކުރަން ނިންމާފައިވާ މި މިސްކިތަކީ ތުރުކީގެ މިސްކިތްތަކާއި އެއް ގޮތަކަށް ތުރުކީގެ އެންމެ ރީތި މިސްކިތްތައް ނަމޫނާ އަކަށް ބަލައިގެން ބިނާކުރާ މިސްކިތެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތުރުކީގެ އިސްލާމީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ތުރުކީގެ އިސްލާމީ ކަންތައްތަކާ ބެހޭ ކައުންސިލްއާއި އެކު މިހާރު ކުރިއަށްދާ ކަމަށެވެ.
އަލަށް ބިނާކުރެވޭ މި މިސްކިތް ވެގެންދާނީ ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރެވޭ އެންމެ ތާރީޚީ އެންމެ ފާހަގަ ކޮށްލެވޭ ރަމްޒަކަށް ކަމުގައި ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...