ރާއްޖޭގެ ޚަބަރު ސަޢޫދީ ޝެއިޚް ޑރ އިބުރާހީމް އަލް ދުވައިޝް ޤައުމީ ޔުނިވާސިޓީގައި ތަޤުރީރު ކުރައްވައިފި

ސަޢޫދީ ޝެއިޚް ޑރ އިބުރާހީމް އަލް ދުވައިޝް ޤައުމީ ޔުނިވާސިޓީގައި ތަޤުރީރު ކުރައްވައިފި

ސަޢޫދީ ޝެއިޚް ޑރ އިބުރާހީމް އަލް ދުވައިޝް ޤައުމީ ޔުނިވާސިޓީގައި ތަޤުރީރު ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ އިބުރާހީމް އަލް ދުވައިޝް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ތަޤުރީރު ކުރައްވައިފިއެވެ.

އާދަބު ޠާލިބުލް ޢިލްމީ ނުވަތަ ކިޔަވާ ކުއްޖެއްގެ އަދަބުތައް މި މަޢުލޫއަށް ޑރ ދުވައިޝް މި ތަޤުރީރު ދެއްވާފައި ވަނީ އިއްޔެ މެންދުރު 11:15 ހާއިރު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ޝަރީޢާގައެވެ.

މައިގަނޑު ތިން ދާއިރާ އަކަށް އަލިއަޅުވާ ލައްވާ ޑރ ދުވައިޝް ދެއްވި ތަޤުރީރަކީ ވަރަށް ފައިދާހުރި، ޢިލްމުން ފުރިގެންވީ ތަޤުރީރެއް ކަމުގައި އެފްއައި އެސްގެ ބައެއް ދަރިވަރުން ދިއިސްލާމަށް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ.

ޝެއިޚްގެ މި އަގުހުރި ތަޤުރީރުގައި ޝެއިޚް ވަނީ ދިވެހިންނަށް ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ މުޅި ޤައުމުގެ އެންމެންނަކީ އިސްލާމުން ކަމުގައި ލައްވައި ދެއްވި މަތިވެރި ނިޢުމަތް ދޫކޮށް ނުލުމަށާއި، އޭގައި ހިފުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފަ އެވެ.

މީގެ އިތުރުން ޝެއިޚްގެ މި ތަޤުރީރުގައި އިޚްލާސްތެރި ވުމާއި ތަޤްވާވެރި ވުމަކީ ޢިލްމު އުނގެނޭ ދަރިވަރަކަށް އެންމެ މުހިންމު ކަންތައްތައް ކަން ފާހަގަ ކުރައްވައި އަސަރުން ފުރިގެންވީ ތަޤުރީރެއް ވަނީ ދެއްވާފައެވެ.

ޑރ ސުވައިޝްގެ މި ތަޤުރީރު ސެޝަންގައި ޔުނިވާސިޓީގެ އެފްއައިއެސްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޑރ ދުވައިޝް އެފްއައިއެސްގައި ތަޤުރީރު ކުރައްވަނީ

ޑރ ދުވައިޝް އެފްއައިއެސްގައި ތަޤުރީރު ކުރައްވަނީ

މީގެ އިތުރުން ޢާއްމުކޮށް އެންމެނަށް ހުޅުވާލައިގެން އެމަނިކުފާނު ދެއްވާ ވަރަށް ޚާއްޞަ ތަޤުރީރެއް އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ދަރުސް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ޢިޝާނަމާދުގެ ޖަމާޢަތް ނިމުމާއި އެކު އިސްލާމީ މަރުކަޒުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.