ޕްރެޝަސް ސްޕްރޯޓް ގެ ނަމުގައި ޝެއިޚް ޝަމީމްގެ ޚާއްޞަ ދަރުސެއް މިރޭ ބާއްވަން ހަމަޖެހިފައި ވާކަމަށް އަލްއަސްރުން ބުނެފި އެވެ.
އެޖަމާޢަތުން ބުނީ މި ދަރުސަކީ ކިންޑަރ ޕްރީސްކޫލުން އިންތިޒާމް ކޮށްގެން ސްކޫލް ތަކުގެ ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އަލް ޢަޞްރާއި ގުޅިގެން ކުރިޔަށް ގެންދާ ދަރުސެއް ކަމަށާއި، މި ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމާއި، ޑރ މުޙައްމަދު ޝިޔާން ކަމަށެވެ.
މި ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 2100 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ދަރުސްގައި ބައިވެރި ވުމުގެ ފުރުޞަތު ހުރިހާ ސްކޫލެއްގެ ބެލެނިވެރިންނާއި ޢާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ދަރުސްގެ މީޑިޔާ ޕާޓްނަރަކީ ރޭޑިޔޯ އެޓޯލްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...