ރާއްޖޭގެ ޚަބަރު ޕީއައިސީގެ މެންބަރު ކަމަށް ތިންބޭފުޅަކު ޢައްޔަނު ކުރުމަށް ފާސްކޮށްފި

ޕީއައިސީގެ މެންބަރު ކަމަށް ތިންބޭފުޅަކު ޢައްޔަނު ކުރުމަށް ފާސްކޮށްފި

ޕީއައިސީގެ މެންބަރު ކަމަށް ތިންބޭފުޅަކު ޢައްޔަނު ކުރުމަށް ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު 26 ޖުލައި 2014 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ފުލުހުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ފޮނުއްވާފައިވާ 3 ބޭފުޅުން، އެކޮމިޝަނަށް އައްޔަނު ކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާ 3 ބޭފުޅުންނަކީ ދަފްތަރު ނަންބަރު ދރ 1320 ފާޠިމަތު ސަރީރާ ޢަލީ ޝަރީފް އާއިި ސ.މީދޫ ހަސަންކާރިގެ މުޙައްމަދު ފަރުހާދު އަދި ހ.ގްލޯރިއޯސާ އަލްއުސްތާޛް ޢަލީ ނަދީމް އެވެ.

ދަފްތަރު ނަންބަރު ދރ 1320 ފާޠިމަތު ސަރީރާ ޢަލީ ޝަރީފްގެ އައްޔަނު ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.

ސ.މީދޫ ހަސަންކާރިގެ މުޙައްމަދު ފަރުހާދު އައްޔަނުކުރައްވަން ފެނިވަޑައި ގަންނަވާކަމަށް 56 މެންބަރުން ވޯޓް ދެއްވާފައިވާއިރު އައްޔަނުކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ހ.ގްލޯރިއޯސާ އަލްއުސްތާޛް ޢަލީ ނަދީމް އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން ޕީއައިސީން ހުސްވެފައިވާ މެންބަރު ކަމަށް ރައީސް ޔާމީން ހުށަހެޅުއްވި މ ކުރޮޅި، އާދަމް ޒާހިރު އެ ކޮމިޝަނަށް ޢައްޔަނު ކުރުމަށް ނުފެންނަ ކަމަށްވެސް މަޖިލީހުން ވަނީ ނިންމާފައެވެ. ޒާހިރު އައްޔަނު ކުރުމާއި ދެކޮޅަށް 61 މެންބަރަކު ވޯޓުދެއްވި އިރު އެއްކޮޅަށް 5 މެންބަރަކު ވޯޓުދެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.