ދިވެހި މީޑިއާތައް އިސްވެ، އަދާލަތު ޕާޓީއިން ކުރިއަށްގެންދިޔަ ޣައްޒާ ފަންޑު މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ ހެލްޕް ޣައްޒާ ޓެލެތޯން 20 މިލިއަން ރުފިޔާގެ ރެކޯރޑްއަކާއެކު ނިންމާލައިފި އެވެ.
ހުކުރު ދުވަހުގެ 2:30 ގައި ފެށި މިޓެލެތޯން ރޭ 3:00 ގައި ނިންމާލިއިރު 20،703،486.32 ރުފިޔާ ލިބިފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ޓެލެތޯންގައި ލިބުނު އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ.
ހެލްޕް ޣައްޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު، ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ރޭ ވިދާޅުވީ ދިވެހި މީޑިއާ ކުރިޔަށް ނުކުމެ ފަލަސްތީންގެ ގާޒާއަށް އެހީވުމަށް އިސްނެގުމުން ދިވެހި ރައްޔިތުން ދިނީ އާދަޔާ ހިލާފު ތަރުހީބެއް ކަމަށާއި މިފަހަރު ދިވެހިން ދެއްކި ނަމޫނާ މިސާލަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ޓެލެތޯންގެ ޗެއާމަން އަދި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ރޭ ދަންވަރު 3:00 ގައި ނިންމާލި ނަމަވެސް އެކި ހަރަކާތްތަކުން ހޯދާފައިވާ ފައިސާ ކުރިއަށް އޮތް ދެ ދުވަސް ވަންދެން ގާޒާ ފަންޑު އެކައުންޓަށް ޖަމާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިފަންޑަށް ފައިސާ ހޯދުމަށް ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް ފައިސާ ހޯދަން ޖަމްބަލް ސޭލް އާއި ބާބެކިއު އާއި ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...