ރާއްޖޭގެ ޚަބަރު މީހުންނަށް ފެންނަގޮތަށް ޞަދަޤާތް ކުރުމަކީ ދެއްކުންތެރިކަމެއް ނޫން: ޝައިޚް ޝަމީމް

މީހުންނަށް ފެންނަގޮތަށް ޞަދަޤާތް ކުރުމަކީ ދެއްކުންތެރިކަމެއް ނޫން: ޝައިޚް ޝަމީމް

މީހުންނަށް ފެންނަގޮތަށް ޞަދަޤާތް ކުރުމަކީ ދެއްކުންތެރިކަމެއް ނޫން: ޝައިޚް ޝަމީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީހުންނަށް ފެންނަގޮތަށް ޞަދަޤާތް ކުރުމަކީ ދެއްކުންތެރިކަމެއް ނޫންކަމުގައި އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

މީހުންނަށް ފެންނަގޮތަށް ޞަދަޤާތްކުރުމާއި ގުޅޭގޮތުން ކުރަމުންގެންދާ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝައިޚްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ މީހުންނަށް ފެންނަގޮތަށް ނުވަތަ ޓީވީއިން ލައިވް ކުރަމުންދާ ވަގުތުތަކުގައި ޞަދަޤާތް ކުރުމަކީ ދެއްކުންތެރިކަމެއް ނޫންކަމަށާއި ފާޅާއި ސިއްރުގައި ﷲ ގެ މަގުގައި ހޭދަކުރުމަކީ ވަރަށް ބޮޑު ހެޔޮކަމެއް ކަމަށެވެ. އަދި އެއީ މުދަލުން ކުރެވޭ ޖިހާދެއް ކަމުގައި ޝައިޚް ލިޔުއްވާފަވެއެވެ.

ޝައިޚް އިތުރަށް ލިޔުއްވާފައިވަނީ ދެއްކުންތެރި ކަމަކަށްވަނީ ﷲ ފިޔަވައި އެހެން ފަރާތަކަށްޓަކައި އެހެން އެދުމެއްގައި ހޭދަކުރުމުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.