ރާއްޖޭގެ ޚަބަރު ޙިރާ ދަރިވަރުން ޣައްޒާ ފަންޑަށް ފައިސާ ހޯދުމަށް ދޮރުން ދޮރަށް ހިނގަނީ

ޙިރާ ދަރިވަރުން ޣައްޒާ ފަންޑަށް ފައިސާ ހޯދުމަށް ދޮރުން ދޮރަށް ހިނގަނީ

ޙިރާ ދަރިވަރުން ޣައްޒާ ފަންޑަށް ފައިސާ ހޯދުމަށް ދޮރުން ދޮރަށް ހިނގަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހެލްޕް ޣައްޒާ ޓެލެތޯނަށް ފައިސާ ޖަމާކުރުމަށް ހިރާ ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ދޮރުން ދޮރަށް ހިނގުމުގެ ކެންޕޭނެއް ކުރިއަށް އެބަ ގެންދެއެވެ.

މިޙަރަކާތުގައި ޙިރާ ސްކޫލްގެ ގްރޭޑް 1 އިން 3 އަށް ކިޔަވާ 100 ދަރިވަރުން ބައިވެރިވެއެވެ. ކުދި ގްރޫޕްތަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކަށް 45 ވަރަކަށް މިނެޓަށް ޓީޗަރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޙިރާ ސްކޫލުން ހާމަކުރެއެވެ.

މި ޕްރޮގްރާމް މިއަދު ހަވީރާ ހަމައަށް ކުރިއަށް ދާއިރު، މިއަދު ހަވީރު ޙިރާ ސްކޫލްގެ ދަރިވަރުން ހިތަދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިންގާ މިނީ މާކެޓް އަކާއި ޕާލްސް ޖަމްޢިއްޔާއިން ހިންގާ ނީލަން ކިޔުމުގެ ޙަރަކާތެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.