އައްޑޫ ސިޓީ ޙިރާ ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގައި ހާލުގަޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަށް ހުޅުވާފައިވާ ޣައްޒާ ފަންޑަށް 24 ހާހަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ދިވެހި ރާއްޖޭގެ މީޑިއާތަކާއި އަދާލަތު ޕާޓީއިން ހިންގި ޣައްޒާ ފަންޑު މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހެލްޕް ޣައްޒާ ޓެލެތޯނަށް ހިރާ ސްކޫލްގެ ދަރިވަރުންގެ ފަރާތުންވަނީ ސައުވީސްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަންސާސްލާރި ހަދިޔާ ކޮށްފައެވެ.
މި ފައިސާ ޙަވާލުކޮށްފައިވަނީ ޙިރާ ސްކޫލާއި ޕާލްސް ޖަމްޢިއްޔާ ގުޅިގެން ހިތަދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި، 8 އޯގަސްޓް 2014 ވީ ހުކުރު ދުވަހު ހަވީރު ޤާއިމު ކޮށްފައި ހުރި ފަންޑު ފޮށްޓަށް ކަމަށާއި ފައިސާ ޙިރާ ސްކޫލްގެ ފަރާތުން ޙަވާލު ކުރީ އެސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރުންތަކެއް ކަމަށް އެސްކޫލްއިން ހާމަކުރެއެވެ. އަދި ފައިސާ އާއި ފަންޑުފޮށީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ޕާލްސް ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ހިރާ ސްކޫލްއަކީ 2009 އަހަރުން ފެށިގެން އިސްލާމީ ގިއުގަނޑުގެ ތެރެއިން ދަރިވަރުންނަށް ޒަމާނީ ތައުލީމް އުނގަންނައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ސްކޫލް އެކެވެ. މިސްކޫލްގައި މިހާރު ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 3 އަށް ކިޔަވައިދެމުން ގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...