ރާއްޖޭގެ ޚަބަރު ޣާޒާއަށް އެހީވުމަށް ބޮޑުބެރާއި އެކު ނަށާތީ ގިނަ ބަޔެއްގެ ނުރުހުން ދިވެހި ރެޑް ކުރެސެންޓަށް

ޣާޒާއަށް އެހީވުމަށް ބޮޑުބެރާއި އެކު ނަށާތީ ގިނަ ބަޔެއްގެ ނުރުހުން ދިވެހި ރެޑް ކުރެސެންޓަށް

ޣާޒާއަށް އެހީވުމަށް ބޮޑުބެރާއި އެކު ނަށާތީ ގިނަ ބަޔެއްގެ ނުރުހުން ދިވެހި ރެޑް ކުރެސެންޓަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރެޑް ކުރެސެންޓުން "ބެރު ބިޔޯންޑް ބޯޑާރސް"ގެ ނަމުގައި ކުރިޔަށް ގެންދާ ޣައްޒާ ރިލީފް ޓެލެތޯން ބާއްވާތީ ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ނުރުހުން ވަނީ ދިވެހި ރެޑް ކުރެސެންޓަށް އަމާޒުވެފައެވެ.

26 ބޮޑުބެރު ގުރޫޕާއެކު ބާއްވާ ބޮޑުބެރު ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ. މިޝޯގެ މީޑިއާ ޕާރޓްނާރ އެއްގެގޮތުގައި ހަރަކާތްތެރިވަނީ ރާއްޖެޓީވީ އިންނެވެ.

ޣާޒާގެ ރައްޔިތުން ހާލުގައި ޖެހި ބިކަވެފައިވާ ދަނޑިވަޅެއްގައި ޝޯ ބާއްވާތީ އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން ފޭސްބުކް އަދި ޓްވީޓާރގައި ބޮޑުބެރުޝޯ ބޮއިކޮޓް ކުރުމަށާއި އެފަދަ ޝޯ ބޭއްވުމަކީ ގޯހެއްކަމަށް ބުނެ ދަނީ އިހުތިޖާޖު ކުރަމުންނެވެ.

ދިވެހި ރެޑްކްރެސެންޓް އިން އިންތިޒާމްކޮށްގެން ބޭއްވި މިޝޯއިން ފެނިގެންދިޔައީ ފޯރިގަދަ ބޮޑު ބެރަށް ނެށުންތެރިން ހީ މަޖާ ކުރާތަނެވެ. އަދި ބެލުންތެރިންވެސް ހެވިފައި އަތްޖަހަާ ތަނެވެ. އެހެނަސް އެމީހުންގެ ޓީޝާޓްގައި "ހެލްޕް ޣާޒާ" ޖަހާފައި އުފަލުންތިބެ އެދެމުން ދިޔައީ ޣާޒާގެ ހިތްދަތި ދިރިއުޅުން އުޅެމުންދާ މުސްލިމުންނަށް އެހީވުމަށެވެ.

ރާއްޖެޓީވީއިން ޝޯ ލައިވްކޮށް ގެނެސްދެމުންދިޔަ ވަގުތު ޝިހާމް ކިޔާ ޒުވާނަކު ފޭސްބުކްގައި ލިޔެފައިވަނީ "ރާއްޖެޓީވީ އާއި ރެޑްކްރެސެންޓްގެ މުއަޒަފެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިޔަކު ނިޔާވުމުން، ބޮޑުބެރި ޖަހާ ނަށާ މަޖާކުރަން އެދޭނެބާ؟" މިފަދައިންނެވެ.

"ފަލަސްތީނުގެ ނަމުގައި ކުޅިވަރާއި މަޖަލުގެ ކަންކަން ބޭއްވުމަކީ ކޮންފަދަ އަކުން ބަލައިގަނެވޭނެ ކަމެއްތޯ؟ ބަޔަކަށް ވޭނާއި ހިތްދަތިކަމެއް ދިމާވެގެން އުޅޭއިރު އެބަޔަކަށް އެހީވުމަށް އެފަދަ އަމަލުތައް ބަލައެއް ނުގަނެވޭނެ" އިބްރާހިމް އަޒްލީމް ފޭސްބުކްގައި ލިޔެފައިވެއެވެ.

ފޭސްބުކްގެ މަޝްހޫރު ޕޭޖްއެއްކަމުގައިވާ "ސިރުއާރޓްސް" އިންވެސް ވަނީ މިކަމާއި ދެކޮޅަށް ފައްކާ ސްޓޭޓްމަންޓްއެއް ނެރެފައެވެ. މަތިން ނަގާފައިވާ މާލޭގެ ފޮޓޯއަކަށް ބޮން އަޅާފައިވާ ގޮތަށް އެޑިކޮށް ލިޔެފައިވަނީ "ޣާޒާ އަކީ މާލެ ސިޓީ ނަމަ އަހަރެމެންގެ ހާލަކީ ކޮބާ؟ އަހަރެމެން ތިބޭނީ ބޮޑުބެރު ޖަހަންތަ؟"

ހިތްދަތި ދަނޑިވަޅެއްގައި އުފަލާއި މަޖާކޮށްގެން ފައިސާ ހޯދުމަށް ދިވެހި ރެޑްކްރެސެންޓްއިން ނިންމުމާއިއެކު ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ވަނީ އެކަން ނުކުރަމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އައްޝެއިޚް އާދަމް ޝަމީމް އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވީ ޣައްޒާ ފަންޑަށް އެހީ ހޯދުމަށް ބޮޑުބެރު ޖެހުމާއި މިޔުޒިކް ކުޅުންފަދަ ޙަރާމް މަގުތައް ޚިޔާރު ނުކުރުމަށް އެންމެހާ ދިވެހި އަޚުންނަށް ގޮވާލައްވާ ކަމަށެވެ.

"ބެރު ބިޔޯންޑް ބޯޑާރ" ޝޯއަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުން ބައިވެރި ނުވުމަށް ނިންމާފައިވާއިރު މީޑިއާތަކުން ބާއްވާ ޓެލެތޯންގައި މިފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވާނެކަމަށް ވަނީ އަންގާފައެވެ.

ޣާޒާއަށް އެހީވުމަށް ބޮޑުބެރާއި އެކު ނަށާތީ ގިނަ ބަޔެއްގެ ނުރުހުން ދިވެހި ރެޑް ކުރެސެންޓަށް އަމާޒުވެފައިވާއިރު މިމައްސަލާގައި ތިޔަ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.