ރާއްޖޭގެ ޚަބަރު މޯލްޑިވްސް ރެޑްކްރެސެންޓްއިން ޣާޒާއަށް އެހީވުމުގެ ނަމުގައި ބޮޑުބެރު ޝޯއެއް ބާއްވައިފި

މޯލްޑިވްސް ރެޑްކްރެސެންޓްއިން ޣާޒާއަށް އެހީވުމުގެ ނަމުގައި ބޮޑުބެރު ޝޯއެއް ބާއްވައިފި

މޯލްޑިވްސް ރެޑްކްރެސެންޓްއިން ޣާޒާއަށް އެހީވުމުގެ ނަމުގައި ބޮޑުބެރު ޝޯއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ރެޑްކްރެސެންޓްއިން ޣާޒާއަށް އެހީވުމުގެ ނަމުގައި ބޮޑު ބެރު ޝޯއެއް ބާއްވައިފިއެވެ.

"ބެރު ބިޔޯންޑް ބޯޑާރސް"ގެ ނަމުގައި ކުރިޔަށް ގެންދާ ޣައްޒާ ރިލީފް ޓެލެތޯން އަކީ މޯލްޑިވްސް ރެޑްކްރެސެންޓް ރާއްޖޭގެ ބޮޑުބެރު ގްރޫޕްތަކުން ބާއްވާ ޝޯއެއްކަމަށާއި މިހަރަކާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީކަމަށް ޚަބަރުލިބެއެވެ.

ބޮޑުބެރު ޝޯ އިއްޔެ އާއި މިއަދު ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 12:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޣައްޒާއަށް އެހީ ހޯދުމަށް ބޮޑުބެރު ޖަހާ މަޖާކުރަމުންދާތީ ގިނަ ބަޔެއްގެ ފާޑު ކިޔުން މިޝޯގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުވެފައިވާއިރު އެފަރާތްތަކުން ދަނީ އެކަން ދިފާއުކުރަމުންނެވެ. މިޝޯއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުން އަމާޒުވެފައިވާއިރު އިއްޔެގެ ޝޯއިން 80000 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

ބޮޑު ބެރު ޝޯ ޓެލެތޯން ގައި މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީ ހަރަކާތްތެރިވާއިރު މީޑިއާތަކުން ގުޅިގެން ބާއްވާ ޓެލެތޯންގައި ރާއްޖެޓީވީ ބައިވެރިއެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.