"ހެލްޕް ގާޒާ ޓެލެތޯނަށް ބޮޑު ތަރުހީބެއް" ލިބެމުން އަންނަ ކަމަށް ޓެލެތޯން އިންތިޒާމްކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.
މީޑިއާގެ ފަރާތްތަކާއި ޣާޒާ ފަންޑް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހެލްޕް ގާޒާ ޓެލެތޯނަށް އުއްމީދު ކުރި ވަރަށް ވުރެ ބޮޑު އަދަދެއް މިހާތަނަށް ލިބިފައިވާކަމަށާއި އުންމީދަކީ ޓެލެތޯން ނިމޭއިރު 16 ވަރަކަށް މިލިއަން ރުފިޔާ ހޯދުން ކަމަށެވެ.
"ގާޒާއަށް އެހީވުމަށް މީޑިއާއިން އިސްވެ ކުރިއަށް ގެންދާ ޓެލެތޯނުގެ ހަރަކާތުގެ ދަށުން މާލޭގެ އެކި ސަރައްހަދުތަކާއި ހުޅުމާލޭގައި ބަހައްޓާފައި ހުރި ފަންޑު ފޮށިތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. ރަށްރަށުން 20،000ން 30،000 ފައިސާ ލިބެމުން އެބަދޭ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ފައިސާ ހަދިޔާ ކުރަމުން އަންނައިރު ބައެއް ތަންތަނުން މިއަދާ މާދަމާ ކުރާ ވިޔަފާރީގެ ވަކި ޕަސެންޓެއް ފަންޑަށް ހަދިޔާ ކުރަން ވަނީ ނިންމާފައިވާ"ކަމަށް ޓެލެތޯންގެ ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވެފައިވެއެވެ.
އަހުމަދު ޒާހިރު (ހިރިގާ) އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން ފެށިއިރު އުއްމީދު ކުރި ވަރަށް ވުރެ ބޮޑު އަދަދެއް މިއީ. މިހާރުގެ އުއްމީދަކީ މިލިއަން ޑޮލަރަށް އެރުން. މާނައަކީ 16 ވަރަކަށް މިލިއަން ރުފިޔާއަށޭ އަޅުގަނޑުމެން މިހާރު މި އުއްމީދު ކުރަނީ،"
ޓެލެތޯންމިިރޭ 12:00 އާ ހަމައަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ހެލްޕް ޣައްޒާ ޓެލެތޯނަށް މިހާތަނަށް ލިބުނު ޖުމްލަ އަދަދަކީ 11,468,466.65 ރުފިޔާ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...