ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު ޙާޒިރުކޮށް ކޯނީގެ ރިޕޯޓާއި ގުޅޭގޮތުން ސުވާލުކޮށްފިއެވެ.
ކޮމަންވެލްތުން އިސްނަންގަވައި ނެރުއްވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއިން 30 އޮގަސްޓް 2012 ގެ ރިޕޯޓުގައި ފެބްރުވަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާއި ގުޅޭގޮތުން، މިހާރު އެ ރިޕޯޓާ ގުޅިގެން ތަޙުޤީޤުތައް ކުރިއަށް ގެންދެވިފައިވަނީ ކިހާމިންވަރަކަށްތޯ ބެއްލެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއާ ސުވާލު ކުރެއްވުމުން އަނިލް ވިދާޅުވީ، ކޯނީގެ ރިޕޯޓުގައިވާ ކަންކަމަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށާއި، ހަތެއް ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވުމުގެ ތެރޭގައި ފުލުހުން ހިންގާފައިވާ އަމަލުތަކާ ގުޅޭ ގޮތުން ޕީއައިސީއަށް ހުށަހެޅުނު 45 މައްސަލައެއް ބައްލަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކޯނީގެ ރިޕޯޓުން ވަކި ޚާއްޞަ ކަމެއް ދައުލަތުގެ ބަންޑާރަ ނަައިބާއި މަތި ކުރައްވާފައި ނުވާ ކަމަށާއި، ކޯނީ ރިޕޯޓްގައި ބަންޑާރަ ނައިބު ކުރައްވަން ޖެހޭ ހާއްސަ ކަމެއްވެސް ބަޔާން ކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ބަންޑާރަ ނައިބާއި، ސުވާލު ކުރުމަށް ކަނޑައަޅާފައިވާ މަޢުލޫއަކީ ނޭޝަނަލް އިންކުއަރީ ކޮމިޝަން ކޯނީން އެދިފައިވާ ގޮތަށް ފުލުހުންނާ މެދު ތަހްގީގު ހިންގުމާ ގުޅޭ ގޮތުން ކަމަށްވާތީ މައުލޫމާތު ނުގުޅޭ ސުވާލަކަށް ބަންޑާރަނައިބު ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...