ޣައްޒާ ފަންޑަށް އެހީވުމަށް ޖަންބަލް ސޭލެއް ބޭއްވުމަށް ނިންމަވައި، އެކަން ކުރާނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކޮށްފިއެވެ.
ދިވެހި މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 14:30 އިން ފެށިގެން 33 ގަޑި، 30 މިނިޓަށް ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ޓެލެތޯންގެ ސްޓީއަރިން ކޮމެޓީން ބޭއްވުމަށް ނިންމާފައިވާ ޖަމްބަލް ސޭލްގެ އެންމެހާ ކަންކަން އިންތިޒާމުކޮށް މި ސޭލުގެ ކަންކަން ރާވައި ހިންގައިދޭނޭ ބަޔަކު ހޯދުމަށް އެފަރާތުން މިއަދު ކުރި އިއުލާނުގައި ބުނީ، މިކަމަށް ޝަގުވެރިވާ ފަރާތްތަކުން މިއަދު މެންދުރު ފަހު 3:00 އަށް ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމަށް ވަޑައިގެން މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށެވެ.
ހެލްޕް ގާޒާގެ ނަމުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ޓެލެތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ފަލަސްތީނުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ މުސްލިމް އަހުންނާއި އުހުތުންގެ އިތުރަށް އަންހެނެއް ކުޑަކުއްޖެއް ބެލުމެއް ނެތި ޒައިނިސްޓް އިޒުރޭލުން ކުރިއަށް ގެންދާ އުދުވާނީ އަދި އަނިޔާވެރި ލާ އިންސާނީ އަމަލުތަކުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެކަމަށް އެދޭ ކޮންމެ ބަޔަކަށް ވެސް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށް މީޑިޔާގެ ފަރާތްތަކުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...