ރާއްޖޭގެ ޚަބަރު ރައްޔިތުން ޤަބޫލު ކުރާ ފެންވަރަށް އޮޕަރޭޝަންތައް ހިންުގުމަށް ފުލުހުން ޚާއްޞަ މަސައްކަތް ތަކެއް ފަށައިފި

ރައްޔިތުން ޤަބޫލު ކުރާ ފެންވަރަށް އޮޕަރޭޝަންތައް ހިންުގުމަށް ފުލުހުން ޚާއްޞަ މަސައްކަތް ތަކެއް ފަށައިފި

ރައްޔިތުން ޤަބޫލު ކުރާ ފެންވަރަށް އޮޕަރޭޝަންތައް ހިންުގުމަށް ފުލުހުން ޚާއްޞަ މަސައްކަތް ތަކެއް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައްޔިތުން ޤަބޫލު ކުރާ ފެންވަރަށް އޮޕަރޭޝަންތައް ހިންުގުމަށް ފުލުހުން ޚާއްޞަ މަސައްކަތް ތަކެއް ފަށައިފިއެވެ.

މާލޭގައި މަސައްކަތްކުރާ ފުލުހުންނާ މުވައްޒަފުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ޕްރޮފެޝަނަލްކަން ރައްޔިތުންނަ ޤަބޫލުކުރާ ފެންވަރަށް ގެނެސްދިނުމަށް ހުރިހާ ފުލުހުން އާ ހިތްވަރަކާ އައު ޢަޒުމަކާއެކު ނުކުމެ ރައްޔިތުންނާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށާއި، ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވާ މިފަދަ ކަންކަން ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރި މާޙައުލަކާއި އަމާން މުޖުތަމަޢެއް އިޢާދަކޮށްދިނުމަށް މާތް ﷲ ގެ ވާގިފުޅާއެކު ހުރިހާ ފުލުހުން ގުޅިގެން ބުރަ އަދި ރައްޔިތުން ބޭނުންވާފަދަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މުޖުތަމަޢުގައި އުފެދޭ ކޮންމެ ހަލަބޮލިކަމެއް ހަމަ މަގަށް ގެނެސް، ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައި ދިނުމުގައި ފުލުހުން ކުރަމުންދާ ބުރަ އަދި ޒިންމާދާރު މަސައްކަތަކީ ފާހަގަކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. މުޖުތަމަޢުގައި ތަފާތު އެކިއެކި ކުށްތައް ހިނގުން އިތުރުވާ އިތުރުވުން ކޮންޓްރޯލްކޮށް ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު ނިދާލައި މުދަލުގެ ރައްކާތެރިކަން ހޯދައި ދިނުމުގައި ފުލުހުން ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި މިމަސައްކަތަކީ ނިމިގެންދާނެ މަސައްކަތެއް ނޫންކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފާއިތުވި ގިނަ ދުވަސްތަކެއްގައި މުޅި ޤައުމުގައި އަމާންކަމާއި ސަލާމަތްކަން ދެމިއޮތީ އެކަމަށް ރެޔާދުވާލު ފުލުހުންކުރި ބުރަ މަސައްކަތުން ކަމަށެވެ. މާލެއާއި އަތޮޅުތެރޭގައި ޕެޓްރޯލްކޮށް، މަގުތައް ތަރުތީބުކޮށް، މަސްތުވާތަކެތި އަތުލައި، މާރާމާރީ ހުއްޓުވައި، އިޖުތިމާޢީ ރައްކާތެރި ވެއްޓެއް ފުލުހުން ޤާއިމްކޮށްދިންކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފާއިތުވި ހަފްތާއެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބަޔަކު މީހުން މާލޭގައި އަދި ބައެއް ރަށްރަށުގައި ހިންގި ނުރައްކާތެރި އަދި ދަށުދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ދިޔަކަމަށާއި އެނުތަނަވަސްކަން ފިލުވައި އަމާން މުޖުތަމަޢެއް ޤާއިމް ކޮށްދިނުމަށް މިއަދުވެސް ފުލުހުން މިވަނީ ފޫހިކަމެއް ވަރުބަލިކަމެއްނެތި ނުކުމުފައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.